1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

 ބައި ލައްކައަށްވުރެ ގިނަ މީހުން ޑިޖިޓަލް އައިޑީ ތަޖުރިބާ ކޮށްފި

September-10
ހުވަދޫ ނިއުސް ޓީމް
1,223ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ޢާންމުންގެ ތަޖުރިބާއަށް ހުޅުވާލިތާ 3 މަސް ދުވަހުގެ ތެރޭ ބައި ލައްކައަށްވުރެ ގިނަ މީހުން ބޭނުންކުރަން ފަށާފައިވާ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ހާމަކުރައްވައިފިއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ޢާންމުންގެ ތަޖުރިބާއަށް ހުޅުވާލީ މިދިޔަ މެއި މަހުގެ 31ގައެވެ. އެންސީއައިޓީން ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު ޢާންމުންނަށް ބޭނުންކުރަން ހުޅުވާލި މި 3 މަސް ދުވަހުގެ ތެރޭގައި 52،432 މީހުން ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އެގޮތުން 49 ޕޯޓަލް މެދުވެރިކޮށް 198،841 ފަހަރު ޚިދުމަތް ހޯދުމަށް ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްފައިވާ ކަމަށެވެ.

އެންސީއައިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް އެންމެ ގިނައިން ޑިޖިޓަލް އައިޑީ މެދުވެރިކޮށް މީހުން ޚިދުމަތް ހޯދާފައިވަނީ ގެދޮރުވެރިން ޕޯޓަލް އިންނެވެ. އެގޮތުން ގެދޮރުވެރިން ޕޯޓަލްއަށް ޖުމްލަ 61،818 މީހުން ލޮގިންވެފައިވެއެވެ.

300 × 250

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް ފަރުމާކޮށްފައިވަނީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު އޮންލައިންކޮށްނާއި ހާޒިރުވެގެން ޚިދުމަތް ހޯދާ ފަރާތްތަކަކީ ކާކުކަން ކަށަވަރުކުރެވޭގޮތަށެވެ. އެގޮތުން އީ-ފާސް މޯބައިލް ތަޢާރަފް ވުމާއިއެކު، ކިޔު.އާރް ކޯޑު ސްކޭނު ކޮށްގެން އަދި މިއެޕްގެ ތެރެއިން އެއް ފަހަރު ފިތާލައިގެން އޮންލައިންކޮށް ޕޯޓަލްތަކަށް ލޮގިންކުރުމާއި، ޑިޖިޓަލްކޮށް މި އެޕުގެ ތެރެއިން ދައްކުވައިދޭ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑެއް މެދުވެރިކޮށް ހާޒިރުވެގެން ހޯދާ ޚިދުމަތްތަކުގައި ބޭނުންކުރެވޭނެ މަގުފަހިވެފައިވާ ކަމަށް އެންސީއައިޓީން ވިދާޅުވެއެވެ.

ޑިޖިޓަލް އައިޑީ ބޭނުންކޮށްގެން، ރާއްޖެ އާއި ރާއްޖެއިން ބޭރަށް ކުރާ ވައިގެ ދަތުރުތަކަށް އެއާލައިނުގެ ޓިކެޓު ގަތުމަށާއި، އެއާލައިންގެ ޗެކިން ހެއްދުމުގެ އިތުރުން، ސެކިޔުރިޓީ ޗެކްޕޮއިންޓުތަކުން ކާކުކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭނެ އިންތިޒާމްވެސް މިހާރު ހަމަޖެހިފައިވާކަމަށްވެސް އެންސީއައިޓީން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރު ފަދަ އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށްގެން ޚިދުމަތް ހޯދޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

މިހާތަނަށް، އީ-ފާސްއިން 68 އޮންލައިން ޕޯޓަލް މެދުވެރިކޮށް، 500 އަށް ވުރެ ގިނަ ޚިދުމަތް އަންނަނީ ދެމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި