1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ސިޓީ އައު އިންޖީނުގޭގެ އެތެރެއަށް މީޑިއާއިން ވަނުން މަނާ! ކީއްވެ؟

Thinadhoo Power house
ތިނަދޫ ގައި އަލަށް ހެދި މަރުކަޒީ އިންޖީނުގެ ބޭރުން. ފޮޓޯ ހުވަދޫ
މުހައްމަދު އަޚްތަރު
7,617ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ތިނަދޫ ސިޓީ އަށް ކުރެވި ދަތުރު ފުޅުގައި ރަސްމީކޮށް ހުޅުވައިދެއްވި ތިނަދޫ އާ މަރުކަޒީ އިންޖީނުގޭގެ އެތެރެއަށް މީޑިއާގެ ފަރާތްތަކަށް ވަނުން މަނާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ ތިނަދޫ އާ އިންޖީނުގެ ހުޅުވުމުން އެތަން ބަލާލަން ހުވަދޫ މީޑިއާ ގެ ނޫސްވެރިޔަކު އެ ތަނުގެ ވެރިން ކިބައިން ހުއްދަ އަކަށް އެދުމުން ދެއްވި ޖަވާބުގައެވެ. ފެނަކަ ތިނަދޫ އޮފީހުގައި މަސައްކަތް ކުރައްވާ އިސް ދެ އޮފިޝަލަކު ވިދާޅުވީ އެއްވެސް ފަރާތަކުން އަދި ވަކިން ޚާއްޞަކޮށް މީޑިއާ އެއްގެ ފަރާތުން މީހަކު އެތެރެއަށް ވައްދާ ފޮޓޯ ނެގުމުގެ ފުރުސަތު ނުދިނުމަށް ވެރިން އެންގެވީ ކަމަށެވެ. މި ޖަވާބާ ގުޅިގެން އެތަނުގެ މަސައްކަތް ހުރީ އެއްކޮށް ނިމި ބޭނުންވާ ތަކެތި ހަމަވެފައި ތޯ ކުރި ސުވާލަށް އެބޭފުޅުން ވިދާޅުވީ "އިމާރާތް ހުރީ އަނެންހެން ނިމިފައި" ކަމަށެވެ.

thinadhoo powerއިންޖީނުގެ ހެދުމަށް ކުރިން ހަދަން އުޅުން އިމާރާތް.

300 × 250

ތިނަދޫ އިންޖީނުގޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނީ އަލަށް އިންޖީނުގެއެއް ހަދައި އޮޕަރޭޝަނަށް ގެނެވުނު ނަމަވެސް އަދިވެސް ކަރަންޓު ދިނުމުގައި ކުރީގެ އިންޖީނުގެ ބޭނުން ކުރާ ކަމަށެވެ. އަދި އާ އިންޖީނުގެ އަށް ބޭނުންވާ ބައެއް ސާމާނު ތިނަދޫ އާއި ހަމަޔަށް ނުގެނެވޭކަމަށް ވެސް އެމީހުން ބުންޏެވެ.

thinadhoo powerއިންޖީނުގެ ހެދުމަށް ކުރިން ހަދަން އުޅުން އިމާރާތް.

ތިނަދޫ ގައި އަލަށް ހެދި އިންޖީނުގެ އަކީ ވަރަށް ބޮޑަށް ދިގުލައި މަސައްކަތް ނުނިމުމުގެ ސަބަބުން ސަރުކާރަށް ފާޑު ކިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެކެވެ. ތިނަދޫ ގައި އާ އިންޖީނުގެއެއް އިމާރާތް ކުރަން ޖެހުނީ ކުރިން ހުރި އިންޖީނު ގޭ ގައި ހިގާ ދިޔަ ބޮޑު އަލިފާނުގެ ހާދިސާ އެއްގައި ބޭނުން ނުހިފޭ ވަރަށް އިމާރާތާއި ތަކެތި އަނދައި ދިޔުމުގެ ސަބަބުން ނެވެ. އާ އިންޖީނުގެއެއް ތިނަދޫ ގައި ހަދަން ފެއްޓީ މީގެ 5 އަހަރު ކުރިން ރައީސް ޔާމީން ގެ ވެރި ކަމުގައެވެ. ނަމަވެސް އާ ސަރުކާރު އައުމާއި އެކު ފެނަކަ އިން ވަނީ ކުރިން އަޅަން ފެއްޓި އިމާރާތުގެ ބަދަލުގައި މުޅިން އާ އިމާރާތެއް އެޅުމަށް ނިންމައި މަސައްކަތް ފަށާފައެވެ.

300 × 250

ޚިޔާލު (5)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މާލެ / ރައްޔިތެއް

    ސޯލިހު ވެރިކަން ނިންމަން ބާކީ 4 ދުވަސް ....ނިމެނީ ، ނިމެނީ

  • ސޯލިހު ރައީސް

    ނުނިމެނެ ފެހޭ ނުވެދެވެއްނެއިކުން . ހުވަދޫ ތިވޮންނާ މޮޔަވެގެން

  • ސްލޯ ރައީސް

    ފެނަކަ ވަގު ސއދ ވައްކަން ކޮޅެކަމާ އެގިޔަންނެއި ކަމަން

  • ހަވަރު ތިނަދޫ ސިޓީގެ މޭރު

    ސަރުކާރާއި ދެކޮޅު ނޫސްތަކުގައި ފާޑުފާޑު ފޮޓޯޖަހަން ފޮޓޯނެގުމުގެ ފުރުސަތެއް މިސަރުކާރަކުން ނުދޭނެ ބުރޯ އަހްތަރުއެވެ ވިސްނުމާއި ފިކުރު ބަދަލުކޮަށް އަހަރުމެންނާ އެކުގައި މަސަކަތް ކުރަން އާދޭ. ބުނި އަދަދެއް ދީފަވެސް ގެންނަން ތައްޔާރަށް މިތިބީ. އަގުތަށް އުޅެނީ ކައުންސިލަރެއް 6 ލައްކަ. ޢެންޕީއެއް 1 މިލިޔަން. މީޑިޔާ އޮފިޝަލުން 3 ލައްކަ. ޢެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ހާޑްކޯ މީހުން މިސާލަކަށް އަލްޖަމީލް 1.5 މިލިޔަން. ޕާޓެއިން 2500ރ. ޢާދައިގެ މީހުން ބޮލަކަށް 10000ރ

  • މުހައިމިން

    އެކަން ނޭގިގެން ދިވެހި ރައްޔިތުން ނޫޅޭ.މި ސަރުކާރުން ހިންގާ ޖަރީމާ ފަޅާ އަރާފާނެތީ.ޗޯރު އައިސް ރިބަން ކަނޑާލާނެ ތަނެއް ނެތީމަ ވަގުތީގޮތުން ބޭރު ޒީނަތްތެރި ކޮށްފަ ހުޅުވީ.އިންޖީނުގެ ނުނިމޭ އަދިވެސް.ހޮސްޕިޓަލް އިމާރާތްވެސް އަލުން ހުޅުވީ.އާރުޓީއެލްވެސް ހަމައެހެން.

ގުޅުންހުރި