އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދާއިރު ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިލްތިމާސްކޮށްފިއެވެ.
އޭސީސީއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކެނޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތަކުން ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވާ ކަމަށެވެ.
މީގެ އިތުރުން، ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށާއި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީ އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަނޭޅުމަށާއި، ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް ހުށަހަޅާ ރިޝްވަރާ ދެކޮޅު ހަދައި އެފަދަ ހުށަހެޅުންތައް ގަބޫލު ނުކުރުމަށް އީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެންކަމުން ރިޔާސީ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުމަށް އޭސީސީން ވަނީ އެދިފައެވެ. އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަ ކޮމިޝަނުން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭސީސީން ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިހާބަށް ދެ ދުވަހަށް ވެފައިވާއިރު އިންތިހާބުގައި ވޯޓު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ސަރުކާކަރަަށް އިދިކޮޅު ޕާޓީތަކުން ދަނީ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ.







ޚިޔާލު (1)
ނަޒާހަތް ތެރި ނޫން މުވައްސަސާ އަކުން މިދައްކަނީ ކޮންބާހަކައެއް