މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުގައި ބޭއްވުމަށް ތައްޔާރު ވަމުންދާ އެމްޑީޕީ ގެ ސައިކަލު ބުރުގައި ބައިވެރި ވުމަކީ އެމީހުންނަށް މަޖުބޫރު ކަމައް ، ސަރުކާރުގެ ކުންފުނި ތަކާއި ސަރުކާރުގެ އޮފީސް ތަކުގެ ގިނަ މުވައްޒަފުން ބުނެފިއެވެ.
ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމާއި މާދަމާ ބާއްވާ އިންތިޚާބުގެ ކެމްޕެއިން ނިންމާލުން ފާހަގަ ކުރުމަށް މިއަދު ހަވީރު 4 ން 6 އަށް ކުރިޔަށް ގެންދާ އެމްޑީޕީ ގެ ސައިކަލު ބުރުގައި ބައިވެރިވުމާ ބެހޭގޮތުން މުވައްޒަފުންނާއި ސުވާލު ކުރުމުން ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން އެމްޑީޕީ ސައިކަލު ބުރުގައި ބައިވެރި ނުވުމަކީ ވަޒީފާގެ ކުރި އެރުމާއި އެ ވަޒީފާގައި ހުރުމަށް އެޅޭ ހުރަހަކަށް ވެދާނެ ކަމަށް ވެރިންގެ ވާހަކަ ތަކުން ދޭހަވާ ގޮތަށް މުޢާމަލާތް ކުރާ ކަމަށާއި އެހެން ކަމުން މިއަދުގެ ބުރުގައި ބައިވެރި ވެލަން މަޖުބޫރު ކަމަގައެވެ.
" އަހަންނަކީ އަބަދުވެސް ސަރުކާރަށް ވަރަށް އިހުތިރާމް ކުރާ މީހެއް, އެކަމަކު ސިޔާސީ ބުރު ތަކުގައި ބައިވެރި ނުވަން، އެކަމަކު މިއަދު އެބަ ޖެހޭ ދާން ، މިހެން ބުނަން ލަދުވެސް ގަނޭ" ނަން ހާމަ ނުކުރުމަށް އިތުބާރު ކޮށް މީހަކު ބުންޏެވެ. އެހެން މީހަކު ބުނީ މަޖުބޫރު ކުރުމުގެ ސިޔާސަތު އެއްވެސް ސަރުކާރަކުން ކޮށްގެން ނުވާނެ ކަމަށާއި މިހެން މަޖުބޫރު ކޮށް ބުރު ތަކާއި ޖަލްސާ ތަކަށް ނެރުމަކީ ސަރުކާރު ބަލި ކަމުގެ އިޝާރާތެއް ކަމަށެވެ. މަޖުބޫރު ކުރަނީ ބޮޑު ސިޓީ އެއް ފޮނުވައިގެން ނޫން. އަނގަބަހުން އެކަމަކު މިހެން ހެދުމުން އަސްލުވެސް ޖެހިލުން ވޭ. އެހެންވީމާ މިއަދު ބައިވެރިވަން" އެމީހާ ބުންޏެވެ.
ތިނަދޫ ސިޓީ ގައި މަސައްކަތް ކުރާ ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ބުނީ އޭނަ އަކީ ޑރ މުއިއްޒު އަށް ވަރަށް ފާޅުގައި ހުންނަ މީހެއް ކަމަށާއި އެހެން ނަމަވެސް. މިއަދު އޮންނަ އެމްޑީޕީ ސައިކަލު ބުރުގައި ބައިވެރި ވާނެ ކަމަށެވެ. އެތަނުގެ ގިނަ މުވައްޒަފުން ތިބެނީ އެހެން މަޖުބޫރު ކުރާތީ ހިތްހަމަނުޖެހިފައި ކަމަށެވެ. ސަރުކާރުގެ މުވައްޒަފުންނަށް ގުޅާ އެކި ގޮތްގޮތަށް ވާހަކަ ގެންގޮސް އެ ސުވާލު ކުރިމަތި ކުރުމުން ބައެއް މީހުން ވަނީ ޖަވާބު ދޭން ބޭނުން ނުވާ ކަމަށް ވެސް ބުނެފައެވެ. އެހެން ނަމަވެސް ވަރަށް ގިނަ މީހުން ވަނީ މަޖުބޫރު ކަން ދޭހަވާ ގޮތުން ބުނެފައެވެ. ޚާއްސަކޮށް މިއަދު ތިނަދޫ ސިޓީ ގައި އޮންނަ އެމްޑީޕީ ސައިކަލު ބުރުގައި ބައިވެރި ވުމުގައި "މަޖުބޫރު" ކަމުގައި ވަރަށް ގިނަ މީހުން ވަނީ ބުނެއެވެ.
ތިނަދޫ ގައި އެންމެ ފަހުން ބޭއްވި އެމްޑީޕީ ސައިކަލް ބުރުގައި ބައިވެރިވީ 89 ސައިކަލެވެ.







ޚިޔާލު (3)
ޗޯރުގެ ވެރިކަން .. ނިމެނީ ނިމެނީ ...
ތިނަދޫގައި އެމްޑީޕީ ލީޑަރޝިޕް ފެއިލްވެގޮހޯ އޮއްތޫ .. ދިނެ ލާރިޔާސް ކައިފިޔާ ، މަޖްލިސް އިންތިހާބަށް ، ސޯލިހް އަށް ވަރަގަދެ ލަޑެކެ މިލެބެންނޫ
ތިނަދޫ އިން އެމްޑީޕީ ބަލިވެ . ޑިމޮކްރެޓްސް ކުރީގަ އޮނާނީ ...