1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

3C974472-26C2-49B9-8AD9-37738F003F53
ހުވަދޫ ނިއުސް ޓީމް
793ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި ރޭ 20:41 ގައިކަމަށް އެމްއެންޑީއެފްގެ މީޑިއާއޮފިޝަލް މައުލޫމާތު ދެއްވިއެވެ. އަދި އެހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑް ގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް މީޑިއާ އޮފިޝަލް މައުލޫމާތުދެއްވިއެވެ.

 

300 × 250

މި ހާދިސާ ހިނގާފައިވަނީ ކ.މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން 1 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުންކަމަށާއި، ހާދިސާ ހިނގި އިރު އެލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަތާރުން މާލެ ގެންގޮސްފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ބުންޏެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށާއި، އެކްސިޑެންޓްވި ލޯންޗު މާލެ އޭރިއާ ކޯސްޓްގާޑް ގެ ބެލުމުގެ ދަށުން މިހާރުވަނީ މާލެ ގެންގޮސްފައިކަމަށްވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ޙާދިސާ އިތުރަށް ބަލަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި