މިއަދު ތިނަދޫ ގައި ބޭއްވި ކެމްޕެއިންގެ ފަހުގެ ހަރަކާތްތަކަށް ބަލާއިރު ގިނަ މީހުން ތާއީދު ކުރަނީ ސަރުކާރާ ދެކޮޅަށް ކަމަށް ޔަގީން ވެއްޖެ އެވެ.
މިއަދު ތިނަދޫ ގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ވަނީ އެމްޑީޕީ އާއި އެއް ވަގުތެއްގައި ސައިކަލު ބުރު ބާއްވާފައެވެ. 2 އެބައިމީހުންގެ ބުރަށް ބަލާއިރު ޑރ މުއިއްޒު އަށް ތާއީދު ކުރާ މީހުން ގިނަ ކަން ފާހަގަ ކުރެވެއެވެ. ހަމަ އެއާ އެކު ކުރިން ދުވަހު ބޭއްވި ބުރަށް ވުރެ އެމްޑީޕީގެ ޢަދަދު ވެސް އިތުރު ކަން ފާހަގަ ކުރެވެއެވެ.
މި ދެ ޕާޓީ ގެ ހަރަކާތް މިގޮތަށް ފާހަގަ ކުރެވުނު އިރު ޑިމޮކްރެޓްސް އަދި ޖޭޕީ އިން ވެސް ވަނީ ގިނަ ބަޔަކާ އެކު ކެމްޕެއިން ހަރަކާތްތައް ހިންގާ ފައެވެ. އެގޮތުން ސަރުކާރާ އިދިކޮޅު ވަރަށް ބޮޑަށް އިތުރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.







ޚިޔާލު (2)
ޗޯރުގެ ވެރިކަން ނިމެނީ
ކާކު ގަބޫލް ކުރަނީ ތިވާހަކަ