1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ މުއިއްޒު އާއި ރައީސް ސޯލިހު ގަދަ ހިފުމަކަށް, ބާކީ 20 ދުވަސް

B330AE1F-3FC4-47A2-9F37-89187CD4D08E
ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓު ޑރ މުއިއްޒު އާއި އެމްޑީޕީ ކެންޑިޑޭޓު ރައީސް ސޯލިހު
މުހައްމަދު އަޚްތަރު
1,186ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިއްޔެ ރާއްޖޭގައި ކުރިޔަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުން %50 މަތިން ހޯދާ އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ނިންމާލެވިފައި ނުވެއެވެ. އެހެންކަމުން 2 ވަނަ ބުރިއަކަށް ދާން ދެވަނަ ބުރަކަށް ދާން ޖެހެއެވެ. މިހާރު އޮތް ނަތީޖާ އަށް ބަލާ އިރު 2 ވަނަ ބުރުގައި އޮންނާނީ މިއަދުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ޕީޕީއެމް ޕީއެންސީ ގެ ކެންޑިޑޭޓު ޑރ އަހުމަދު މުއިއްޒު އާއި ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ގަދަ ހިފުމެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިހާތަނަށް ގުނި 496 ވޯޓު ފޮށީގެ ތެރެއިން މުއިއްޒު ވަނީ 83,577 ވޯޓު ހޯއްދަވައިފައެވެ. އެއީ ވޯޓު ދިން މީހުންގެ %45.96 މީހުންނެވެ. މުއިއްޒާ ވާދަކުރެއްވި، ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 71,926 ވޯޓެވެ. އެއީ %39.55 މީހުންނެވެ.

ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައެވެ.

300 × 250

 ކެންޑިޑޭޓުންނަށް ލިބުނު ވޯޓު

1- އުމަރު ނަސީރު 6231( %2.86)ވޯޓު

2- ހަސަން ޒަމީލް 355 (%0.16) ވޯޓު

3- ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 85126 (%39.02) ވޯޓު

4- މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 100723 (%48.16) ވޯޓު

5- ގާސިމް އިބްރާހިމް 5387 (%2.47) ވޯޓު

300 × 250

6- ފާރިސް މައުމޫން 2934 (%1.34) ވޯޓު

7- އިލްޔާސް ލަބީބް 15633 (%7.17) ވޯޓު

8- މުހައްމަދު ނާޒިމް 1794 (%0.82) ވޯޓު

ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކުގައި ކުރިއަށް ގެންދިޔަ މި  އިންތިހާބުގައި ވޯޓުލީ 213،519 މީހުންނެވެ. އެއީ %75.61 މީހުންނެވެ. މިފަހަރުގެ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ 144،199 ފިރިހެނުންނާއި 138،196 އަންހެނުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަކީ އެހެން ރިޔާސީ އިންތިހާބުތަކާ އަޅާ ބަލާއިރު، ނިސްބަތުން އެންމެ މަދުން މީހުން ވޯޓުލީ ފަހަރެވެ. ނަމަވެސް މިއީ އެންމެ ގިނަ މީހުން ވާދަ ކުރެއްވި ރިޔާސީ އިންތިޚާބެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި