ރިޔާސީ އިންތިހާޞުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް، ޕީއެންސީ އަދި އެމްޑީޕީއާއި އެކު މަޝްވަރާކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށްފަހު، އިލްޔާސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޑިމޮކްރެޓްސްއިން، ގޮތް ނިންމާނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަމަށާއި، އަދި އެމްޑީޕީއާއި ޕީޕީއެމް ދެ ޕާޓީގައިވެސް ރައްޔިތުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ.

"މި ޕާޓީގެ ވިސްނުމާއި މި ޕާޓީގެ ފަލްސަފާ އާއި ޕްރިންސިޕަލްސް އާއި ވެލިއުސް އެއަށް އެލައިން ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ވާހަކަ ދައްކާނީ އަޅުގަނޑުމެން ވާހަކަ ދައްކާ ޕާޓީއަކާ އެކު،" އިލްޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ، ޕާޓީތަކާއި އެކު މަޝްވަރާކުރުމަށް ފަށާނީ، ޑިމޮކްރެޓްސްގެ އެތެރޭގެ މަޝްވަރާ ތަކަށްފަހުގައި ކަމަށާއި، އެގޮތުން، އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ހިޔާލާއި ލަފާވެސް އެކަމުގައި ހޯދާނެކަމަށް އިލްޔާސް ވިދާޅިވިއވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވަން އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓާ އެކު 84،000 ވޯޓެވެ. އެހެންވެ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހުމުން، ތިން ވަނައިގައި އޮތް ޑިމޮކްރެޓްސް އިން އަރާ ކޮޅަކުން ނަތީޖާ ނެރުމުގެ ފުރުސަތު ބޮޑެވެ.