ރިޔާސީ އިންތިހާބުގެ އިންތިޒާމްތައް އިލެކްޝަން ކޮމިޝަން ހަމަޖައްސާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި އިންތިހާބުގައި ބާތިލް ވޯޓު އެހާ ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށާއި އަދި ފާހަގަ މަތީގައި ދެވަނަ ފަހަރަށް ފަވާލުމުން ވެސް ވޯޓު ބާތިލްކުށްފައު އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީ ޖަގަހައިގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ގޮސްގެން އިންތިހާބު ބާތިލްކުރާ މިންވަރަށް ބާތިލް ވޯޓު މި އިންތިހާބުގައި އެބަހުރި ކަމަށެވެ. އެކަމަކު، އެކަމެއް ނުކުރާނެ ކަމަށާއި މަސައްކަތްކުރާނީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދަން ކަމަށެވެ.
މާރިޔާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ގޯސްކޮށް ކަމަށެވެ. ފުރޮޅުލީ ގޮނޑީގައި ވޯޓުލާން ވަދެވޭނެ ގޮތެއް ނެތް ކަމަށާއި ދުވަސްވީ މީހުން އިށީނދެލައިގެން ތިބޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މާރިޔާ މިހެން ވިދާޅުވެފައިވާ ވާއިރު މިނިސްޓްރ އަހުމަދު މަހުލޫފް ވެސް ވަނީ "ފުރަތަމަ ބުރުގައި ރަށަކުން ބާތިލްކަމަށް ކަނޑައަޅާފައިވާ ބައެއް ވޯޓު. އަޅުގަނޑު ދެކެނީ މިއީ ހައްލެއް ބޭނުންވާ މައްސަލައެއްކަމަށް. މިކަމުގެ ގެއްލުން 2 ކެންޑިޑޭޓުންނަށްވެސް ލިބިދާނެ" މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،000 އަށް ވުރެ ގިނަ ވޯޓު ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ. ގިނަ ވޯޓުތައް ބާތިލްވެފައިވަނީ ފާހަގަ މަތިން ދެފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނެވެ. އެއް ފާހަގައަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ، އިލެކްޝަންގެ އުސޫލުގައިވާ ގޮތުން ވޯޓު ބާތިލްވާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.