މައްސަލަތަކެއް ފާހަގަކުރެވިފައިވާ "ޑެފިޓެލިއޯ"ގެ ބެޗްތަކެއް ތުރުކިޔޭ އަދި އިންޑިއާގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮރޯރިޓީ އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

މައްސަލަ ޖެހިފައިވާ މިބޭހުގެ ބެޗްތަކެއް މީގެކުރިންވެސްވަނީ، ޔޫއޭއީއާއި ކިރްގިސްތާނުން ފެނިގެން އެކަން ޑަބްލިއުއެޗްއޯއިން ޤައުމުތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

big_2gt96lyXWpxtYVJCTVfOtuFZ7މައްސަލަ ޖެހިފައިފާ ބޭސް / ފޮޓޯ : ހެލްތު މިނިސްޓްރީ

އެމްއެފްޑީއޭއިން ވިދާޅުވީ މިބޭހަކީ ރާއްޖޭގައި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫންކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރައްވާ ފަރާތްތަކުން ބޭސްފަރުގެ ބޭނުމަށް މިބޭސް ބޭނުންކުރާނަމަ އަދި ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާނަމަވެސް ބޭހާއި މެދު ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ. އެ ބޭހުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށްއެމްއެފްޑީއޭއިން ވިދާޅުވިނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެއަށް އެތެރެކުރާ ބޭސްތަކާއި މެދު ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ ޕޯޓުތަކުން އެތެރެކުރާ ބޭސްތައް ޚާއްސަ ސަމާލުކަމެއް ދީގެން ބަލައި ޗެކްކުރަމުންދާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.