މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ. އެގޮތަށް އެ ޕާޓީން ނިންމާފައި ވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައެއެވެ.

މިއަދުގެ ބައްދަލުވުން ފަށާފައިވަނީ މެންދުރު އެކެއް ޖެހިއިރުއެވެ. އަދި އަސުރު ނަމާދަށް މެދުކަނޑާލުމަށް ފަހު ބައްދަލުވުން ފަށާފައިވަނީ 3:30 ގައެވެ. 

ޖޭޕީން ތާއިދުކުރާނީ ކޮން ބަޔަކަށްތޯ ނިންމުމަށް ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައީ ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ރައީސް ސޯލިހާ ގާސިމް ވަނީ ދެ ދުވަހު މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވެސް ގާސިމާ މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ވަފްދެއް މީގެކުރިން ގާސިމާ ވަނީ ބައްދަލު ކުރައްވާފައެވެ.