ރާއްޖޭން އެކި ގައުމުތަކުންނާއި ބޭންކްތަކުން ނަގާފައިވާ ލޯނުތައް ރީފައިނޭންސްކުރުމަށް ރަހުމަތްތެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިދިކޮޅު ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. ކުރިނބި އަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިގުތިސޯދު އަލުން ކޮޅަށްޖަހައި ލޯނުތައް ދައްކާނެ ގޮތް އެނގޭ ކަމަށާއި އެކަމުގައި ހަމަ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ
މިހާރު ވެސް އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ބައެެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް. އެހެންވީމަ އަަޅުގަނޑުމެންނަށް ކަންބޮޑުވުމެއް ނެތޭ، ހަމަ ހަގީގަތުގައި ވެސް އެއްވެސް ކަންބޮޑުވުމެއް ނެތް މި އިގުތިސޯދު ހައްލު ކުރުމުގައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރަށްރަށުގައި ކުރަންހުރި ކަންކަމަކީ ދައުލަތަށް މަހުން މަހަށް ލިބޭ އާމްދަނީ ވެސް ހާސިލް ކުރެވޭނެ ކަންކަން ކަމަށާއި އެކަން މި ސަރުކާރަށް ނުވެގެން އުޅެނީ "މިސް މެނޭޖް" ކުރާތީ ކަމަށެވެ.
ގިނަ ލޯނުތަކެއް އަންނަ ފަސް އަހަރު ތެރޭ އަނބުރާ ދައްކަންޖެހޭއިރު، އެކަމަށް ޑރ މުއިއްޒު ގެންގުޅުއްވާ ހައްލަކީ ލޯނުތައް ރީފައިނޭންސްކުރުމެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.