ކޮލަމާފުށީ މީހުން ޒަމާނުއްސުރެ ދަތުރުދާ ހުރެންދޫ ބެލެހެއްޓުން 5 އަހަރަށް ކޮންޓްރެކްޓް ކޮށް އެ މުއްދަތުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގއ ކޮލަމާފުށީ ކައުންސިލާއި ޙަވާލު ކޮއްފި އެވެ.
ހުރެންދޫ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިން އަކްރަމް ކަމާލުއްދީންއެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފްއެވެ.ގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް، ގއ ކޮލަމާފުށީ ކައުންސިލާއި ޙަވާލު ކޮއްފި އެވެ.
މި ރަށް ބެލެހެއްޓުމަށް ދޫކުރައްވާފައިވަނީ، "ދިވެހިރާއްޖޭގެ ފަޅުރަށްތަކާ ބެހޭ ޤާނޫނު"ގެ ދަށުން ހިމެނޭ ގަވާއިދު "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ގަވާއިދު"ގެ ދަށުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.