1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ރައީސްގެ މަގާމަކީ އިއްޒަތެއް، ޝަރަފެއް ނޫން. އެއީ ޒިންމާއެއް، ވަރަށްބޮޑު އަމާނާތެއް: ޑރ މުއިއްޒު

20 ސެޕްޓެމްބަރު 2023، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރ. ހުޅުދުއްފާރަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ވާހަކަދައްކަވަނީ ---- ފޮޓޯ: ޕީޕީއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,631ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ އިއްޒަތެއް އަދި ޝަރަފެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހުޅުދުއްފާރަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރޭގެ އެބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް ހާލެއްގައި ވެރިކަމަކީ ބޮޑު އިއްޒަތެއްކަމަށް އަދި ޝަރަފެއް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ރައްޔިތުން ހަވާލުކުރާ ބޮޑު ޒިންމާއެއް ކަމަަށާއި އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އެ މަގާމަަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

300 × 250

މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ގާތަށް އެމަނިކުފާނު އަންނަނީ އެ އަމާނަތް އަދި އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ތެދުވެރިކަމާއެކު ކޮށްދެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ސަރުކާރު ކުރިއަށް ގެންދާނީ އަދުލުވެރި، އިންސާފުވެރި ސަރުކާރެއްގެ ގޮތުގައި ކަމަށާއި  ރާއްޖޭގެ އިގުތިސާދު ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދަށް ހެޔޮބަދަލުތައް ގެންނަވާނެކަން ފާހަގަކުރައްވައި، މުއިއްޒު ވަނީ ހުޅުދުއްފާރު ރައްޔިތުންގެ އިގުތިސާދީ ނަފާ ހޯދައިދޭ ތަނަކަށް ގާއުނގޫދޫ ހަދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ ހުޅުދުއްފާރުގެ ލޭންޑު ޔޫސް ޕްލޭނުގައި މޫދަށް އެރޭނެ ތަނެއް ހިމަނާނެކަމަށާއި، ހުށަހަޅައިފިނަމަ، މޫދަށް އެރޭނެ ސަރަހައްދެއްވެސް ހަދައިދޭނެ ކަމަށެވެ. އަދި ކުޅިވަޅު ކުޅޭ ޒުވާނުންނަށް ހާއްސަ އިންޑޯ އަދި އައުޓްޑޯ ފެސިލިޓީތަސް ހަދައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ހުޅުދުއްފާރުގައި ފަށައިފައިވާ އަދި ފެށިފައި ކުރިއަށް ނުދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތަކުގެ މަސައްކަތް ނިންމާލާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި