1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ފިކުރީގޮތުން ދިމާވާ، އެއް ބްލަޑްގްރޫޕެއްގެ މީހުން އެބަތިބި، އެއީ ދެބެންނަށް ވާން ޖެހޭސަބަބެއް ނޫން: އުމަރު

އުމަރުނަސީރު، ސަންގުބަހުސްގެ ތެރެއިން... ފޮޓޯ:ހުވަދޫ
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,322ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފިކުރީގޮތުން ދިމާވާ އެއް ބްލަޑްގްރޫޕެއްގެ މީހުން އެބަތިބި ކަމަށާއި އެހެންނަމަވެސް ބްލަޑްގްރޫޕް އެއްގޮތްވުމަކީ ދެބެންނަށް ވާންޖެހޭ ސަބަބެއް ނޫންކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރުނަސީރު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރުގެ "ނިއު ޑިރެކްޝަން" ޓީމުން ނިންމާ ނިންމުން ހާމަކުރުމަށް ކެމްޕޭން ސްޓޫޑިއޯ ގައި  އޮތް ލައިވް އިވެންޓެއްގައި އުމަރު ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރައްވާ އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީގެ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ފަރާތަކަށް ވަކީން ތާއީދުނުކުރައްވާކަމަށް އިއުލާން ކުރައްވާފައެވެ. އަދި ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ސަރުކާރަށް ވަދެ ހަނުހުރުމުގެ ބަދަލުގައި ސަރުކާރާ ނުގުޅި އެ މައްސަލާގައި އަޑުއުފުލަން އިދިކޮޅުގައި ހުންނެވުން ހިޔާރު ކުރައްވާކަމަށެވެ. އެއްވެސް ފަރާތަކަށް ވަކީން ތާއީދު ނުކުރެއްވިކަމުގައި ވިޔަސް އެބޭފުޅާއާ ފިކުރީގޮތުން ދިމާވާ ބައެއް ޕާޓީ އެބަހުރިކަމަށާއި، އެއް ބްލަޑްގްރޫޕެއްގެ މީހުން އެބަތިބި ކަމަށް ހާމަކުރައްވަމުން އުމަރު ވިދާޅުވީ، ބްލަޑް ގްރޫޕް އެއްގޮތް ވުމަކީ ދެބެންނަށް ވާން ޖެހޭ ސަބަބެއް ނޫންކަމުގައެވެ. އުމަރުގެ ވާހަކަ ފެށްޓެވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ސަޕޯޓަރުންނާ ބައްދަލު ކޮށްލާ ފުރަތަމަ ރޭ ކަމުން މަސައްކަތް ކޮށްދެއްވި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށްޝުކުރު ދަންނަވަމުންނެވެ. އުމަރު ވިދާޅުވީ އޭނާގެ ސަޕޯޓަރުންނާއި ވޯޓަސް ތާއީދު ކުރައްވާ ފަރާތްތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، ހާއްސަކޮށް ސޯޝާލްމީޑީޔާގައި ނުވެސް ދަންނަ ފަރާތްތަކުން ކޮށްދެއްވި އަމިއްލަ މަސައްކަތްތައް ފާހަގަކުރައްވައި، ޓިކްޓޮކް، ފޭސްބުކް ޕޯސްޓުތަކާއި ވީޑިޔޯތައް މެދުވެރިކޮށް ސަޕޯޓުދެއްވި ހުރިހާ ފަރާތްތަކަށްވެސް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އުމަރު ވިދާޅުވީ އެ މަސައްކަތްތަކުގެ އާހިރު ނަތީޖާއަކީ އާދަޔާހިލާފު ކާމިޔާބީ ކަމަށެވެ. ދިމާވާ މީހުން ދައްކާ ވާހަކަތަކުންނާއި އަންނަ މެސެޖުތަކުން މޮޅުވީހެންވެސް ހީވާކަމަށެވެ. މިކާމިޔާބީގެ ސަބަބުން، އެކުގައި މަސައްކަތް ކުރާ ބޭފުޅުން ގާތު "އިންތިހާބެއްގައި ބަލިވެފަ އެކަމަކު ކާމިޔާބުވިކަމުގެ އިހުސާސްވާބައެއް އަޅުގަނޑުމެން ނޫނީ ނުތިބޭނެ،" ކަމަށް ވިދާޅުވާ ކަމަށެވެ. މިފަހަރުގެ އިންތިހާބަކީ އާދަޔާހިލާފު އިންތިހާބެއްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ މި އިންތިހާބުގައި އުމަރާއި އުމަރުގެ ޓީމުން ކުރި މަސައްކަތަށް ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުން ދިން ތަރުހީބަށް ބަލާއިރު، އެތައް އެތައް ލައްކައަކުން ހަރަދުކުރި ފަރާތްތަކަށްވުރެ އުމަރަށް ލިބިވަޑައިގެންނެވި ވޯޓު ގިނަކަމާއި ރައްޔިތުންގެ ހިތްތަކުން ލިބުނު ޖާގައާއި ލޯބި ބޮޑުކަމަށެވެ. ބޮޑެތި ޖަގަހަތައް ހުޅުވައިގެން ކެރަމްކުޅެ، ލަވަޖަހައި ހެދިޔަކަސް އަދި ސިޔާސީ މަސައްކަތްތަކެއް ނުކުރެއްވޭނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެހެނެއްކަމަކު، ސިޔާސީ މެސެޖެއްހިފައިގެން އަޒުމާއި ހިތްވަރާއެކުގައި ބަޔަކު މަސައްކަތް ކޮށްފިއްޔާ އެކަމެއް ކާމިޔާބުވާނެކަމުގެ ފުރިހަމަ މިސާލެއް މިއިންތިހާބުން ފެނިގެން ދިޔަކަމަން ފާހަގަކުރައްވައި ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީން އެކަން ހާމަވާކަމަށެވެ.

"މިފަހަރުގެ މި އިންތިހާބުގައި އާދަޔާހިލާފު، އަޅުގަނޑުމެން ހަރަދު ކުރީ ލައްކައެއްހާ ރުފިޔާ. ތައްޔާރުކުރީ ސަތޭކަވިހި ހުދު ބެނާ، އަޅުގަނޑުމެން ތައްޔާރުކުރީ 200 ޓީޝާޓް، ކަރުދާހުން ޕޯސްޓަރެއް ޕްރިންޓު ނުކުރަން، ކެންވާސް ތައްޔާރު ނުކުރަން، އެއްވެސް މަގެއްގައި ދިދަ ފައްޗެއް ނުދަމަން، އެކަމަކު އަޅުގަނޑުމެންނަށް ވުރެ ފަހަތަށްދިޔަ އެތައް މިލިއަނުން ހަރަދުކުރި ބަޔަކު، މީގެއިން ޔަގީންވި ކަމަކީ ޖަގަހަތަކާއެއްޗެއްސަކީ ބޭކާރު ޖަގަހަތައް ހަދާފައި ލަވަޖަހައި ކެރަމް ކުޅުނަސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެކަން، އެކަމަކު ސިޔާސީ މެސެޖެއް ހިފައިގެން އަޒުމާ ހިތްވަރާއެކުގައި ބަޔަކު މަސައްކަތް ކޮށްފިއްޔާމު އެކަމުން ކާމިޔާބު ވާނެކަމުގެ ފުރިހަމަ މިސާލެއް މިފހަރު ފެނިގެން މިދިޔަައީ. ވަކިން ހާއްސަކޮށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ފައިސާ ދޫކޮށްލާފައި އަމާނާތްތްތެރިކަމަށް ވޯޓުދޭ ތެދުވެރިން ސިޔާސީމައިދާނުގައި ތިބިކަން ސާބިތުވެގެން ދިޔައީ ވޯޓުދެއްވި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ފަށްފަށަށް ޝުކުރުދަންނަވަން،" އުމަރު ނަސީރު

ކޮންމެ ޕާޓީއެއްގެ ވެރިކަމެއް އަޔަސް އެބަޔަކު އަމިއްލައަށް ވެރިކަމެއް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެންޕާޓީތަކުން ވެރިކަމަށް އަންނަ ޕާޓީ ތެރެއަށް ވަދެ އެމިނިސްޓަރީ، މި މިނިސްޓަރީ ހަދައިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވި ގޮތުގައި މިފަހަރު ވެރިކަމަށް އަންނަ ބަޔަކަށް ޝަކުވާ ކުރާނެ ފުރުސަތެއް ނޯންނާނެއެވެ. މިވެނިކަމެއް ކޮށްނުދެވުނީ ކޯލިޝަންގެ އެވެނިބަޔަކު މިވެނި ގޮތަކަށް ތިބުމުން ކަމަށް ބުނެވިގެންނުވާނެކަމަށެވެ. އެހެންކަމުން ނިންމަވާފައި ވަނީ އެއްވެސް ކެންޑިޑޭޓަކާއެކު އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހެއްދެވުމަށް ކަމަށާއި ލިބިވަޑައިގެންނެވި ކާމިޔާބާއެކު، އެހިޔާލާއި އެފިކުރުގައި ދެން އަންނަ އިންތިހާބަކުން ރައްޔިތުންނާ ބައްދަލު ކުރައްވާނެކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.

300 × 250

އުމަރުނަސީރު، ރައްޔިތުންނާ މުހާތަބު ކުރެއްވުމުގެ ތެރެއިން އުމަރު ވިދާޅުވީ އޭނާއާއި އޭނާގެ ޓީމުން ފަހަރެއްގައިވެސް ހުއްޓާނުލައްވާކަމަށެވެ. މިފަހަރު ލިބިވަޑަައިގެންނެވި ކާމިޔާބާއެކުގައި އަންނަ 2028 ވަނަ އަހަރު ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ވޯޓުން ކާމިޔާބު ނުކުރެވުނަސް ހިތްތައް ކާމިޔާބު ކުރެވިއްޖެ ކަމަށާއި މ ބިންގަލުގެ މަތީގައި ކުރިއަށް ވަޑައިގަންނަވާނެކަމަށާއި އަދި ސިޔާސީ މަސްރަހަށް މިއައި ބޮޑު ބަދަލު ދެން އަންނަ އިންތިހާބެއްގެ ވޯޓުފޮށިން ވަރަށް ސާފުކޮށް ފެނިގެންދާނެކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ މިއީ އިންގިލާބެއްގެ ފެށުން ކަމަށާއި މިއިންގިލާބު ނުހުއްޓުވޭނެ ކަމަށެވެ. މިއީ "ހައްލަކީ އުމަރު އިންގިލާބެއް،"ކަމަށާއި  އެކުގައި މަސައްކަޔް ކުރާ އެންމެހައި ބޭފުޅުންވެގެން ގެންނަ ހުދުކުލައިގެ އިންގިލާބެއް ކަމަށް ވިދާޅުވުމާއެކު އުމަރު ވަނީ އެ އިންގިލާބުން ރާއްޖެއަށް އަންނާނެ ބަދަލުތައްވެސް ކޮންމެވެސް ވަރަކަށް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި،

  • ޖުޑީޝަރީގެ ތެރެއިން ޑްރަގް ވިއްކާ ބޮޑެތިމީހުންނަށް ހަތްދުވަހުގެ ތެރޭގައި ސަލާމަތްވެގެން ނުދެވޭނެ
  • މަސްތުވާތަކެތީގެ އެއްކިލޯ ދެކިލޯ ހިފައިގެން އަންނަ މީހުންނަށް ކޯޓުތަކުން ސަލާމަތްވެގެން ނުދެވޭނެ
  • މަގުމަތީގައި މަސްތުވާއެއްޗެއްސެއް ނުވިއްކޭނެ، މަގުތައް އަމާންވެގެންދާނެ
  • ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެންދާނެ، އިގްތިސާދު ޓްރާންސްފޯމް ވެވިގެންދާނެ
  • ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަނދާނެ
  • ރާއްޖޭގެ ދެކުނުގައި ފްރީޓްރޭޑް ޕޯޓްޒޯންސް ޖަހާނެ

އުމަރު ވިދާޅުވީ މިކަންތައްތައް ނުހުއްޓުވޭނެ ކަމަށެވެ. ދިވެހި ރާއްޖެއަށް ބަދަލެއް އަންނާނީ އިސްލާމީޝަރީއަތް ގާއިމު ކުރަން ކެރޭވަރުގެ ވެރިއެެއް އައިސްގެން ކަމަށާއި ރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދެވޭނީ ހައްލަކީ އުމަރު އިންގިލާބުންކަމަށް އުމަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ސިޔާސީ މަަސައްކަތް ފެއްޓެވީއްސުރެ އުމަރަކީ އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ވަކާލާތު ކުރައްވަނީ، އެންމެ ކުރިންވެސް (2008 ވަަނަ އަހަރުގެ ކުރީން) ސިޔާސީ މަސައްކަތަށް ނިކުންނެވިއިރު ވެސް ދެއްކެވި ވާހަކަތަކެވެ.

300 × 250

ޚިޔާލު (3)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޚފޖދ

    ވާދަކުރެވުނު އަދަދަށް ބަލާއިރު އަދިމޮޅެތިވާހަކަ ދައްކަން ކާރިވެސް ނުވޭ. ޚުރީގަތިބި 2 މީހުންހޯދި ވޯޓަށްބަލާއިރު އެހާރަގަޅު ނަތީޖާއެއްވެސް ނުނެތެވޭ. މާގަދަބަސް ބުނެގެން ވޯޓ ނުވެސްލިބޭނެ. އޭގެ ހެކި ޤާސިމަށް އެލިބުނުވޯޓަކީ.

  • ބަޗީ

    ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ. އީމާންކަމުގެ އާރުން ދިރުން ލިބިފައިވާ ގަހެއް މަރުވާނެގޮތެއް ނޯންނާނެ.

  • ޢަލީ

    ޢުމަރުގެ ސްޓޭންޑް ބަރާބަރު....28 ގައި ޢުމަރާއެކު މިތިބީ...ޢުމަރު އެއީ ފޮނި ކަނޑަނީ ކަމަށް ތިޔަ ބުނަނީ ޢުމަރު ދެކެ ރުޅި އަންނާތީ..ވަކި ކޮޅަކަށް ގޮސް ހުސްވެފައި ހުރީމާ..ގައުމާދޭތެރޭ ނުވިސްނާ ލިބޭ މަންފާއާހެދި މޮޔަވެފަ ހުރީމާ..އުމަރު ގަދަބަހެއް ނުބުނޭ.

ގުޅުންހުރި