ތ. ގުރައިދޫ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ހަމައެކަނި ކައުސިލް މެމްބަރު ހަމްދާން އަލީ އާއި އެމްޑީޕީއަށް ނިސްބަތްވާ ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިފިއެވެ.
ނޮޅިވަރަމް ކައުންސިލް ނައިބް ރައީސް މުޙައްމަދު ހުސައިން ވިދާޅުވީ މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ކޯލިޝަން ކެންޑިޑޭޓު ޑރ. މުއިއްޒު އަދި އެމަނިުފާންގެ ރަނިންގމޭޓު ހުސެއިން މުހައްމަދު ލަތީފް (ސެންބެ)އަށް ތާޢީދު ކުރުމަށް ނިންމައިފައިވާކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި މުހައްމަދު ހުސެއިންގެ ތާއީދު ދެއްވުމުން ސެމްބެ ވަނީ އޭނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.
ގުރައިދޫއަކީ ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮންނަ ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ދާއިރާއެވެ. ގުރައިދޫ ކައުސިލް މެމްބަރު ހަމްދާން އަލީ އެމްޑީޕީ ދޫކޮށް ޕީޕީއެމްއަށް ސޮއިކުުން އެރަށު ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޕީޕީއެމްއާއި ހަމްދާން ގުޅިވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރަށުގެ ތަރައްގީ އަށް އޮތް ލޯބި ރަމްޒުކޮށްދޭ ހެއްކެއް ކަމަށާއި ޕީޕީއެމްއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހަމްދާނަކީ ތާރީހުގައިވެސް އެ ކައުންސިލަށް ހޮވިވަޑައިގަތް އެންމެ ފުރަތަމަ އެމްޑީޕީ މެމްބަރެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އޭގެ ތެރޭގައި އެމްޑީޕީއާއި އަދި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. ރޭ ހދ. އަތޮޅު ކައުންސިލް ރައީސް ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު ށ. އަތޮޅު ކައުންސިލް ރައީސްވެސް ވަނީ ޕީޕީއެމްއަށް ދާދި ފަހުން ސޮއިކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.