1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

މިހާތަނަށް ލިބުނީ 43 ޝަކުވާ

EC Habeeb
އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,231ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި ފަރާތްތަކުގެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައި ވަނީ 43 ޝަކުވާއެެއް ކަމަށާއި މިރޭގެ 9:00 އާ ހަމައަށް ޝަކުވާއަށް ހުޅުވާލި ފުރުސަތު ހަމަވުމުން ދެނެއް އިތުރު ވަގުތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ހަބީބު ވިދާޅުވީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ޢަދަދާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށައެޅިނަމަވެސް، ހުށައެޅޭ ޝަކުވާތަކަށް ބަލާއިރު މާބޮޑު މައްސަލައެއް ހުރިކަމަށް ފާހަގަ ނުވާކަމަށެވެ. އެގޮތުން މިހާތަނަށް ހުށައެޅީ 43 ޝަކުވާއެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.

ރިޔާސި އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 15 އިން 17އަށެވެ. މި މުއްދަތުގައި 50047 ފޯމު ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅިއެވެ. އެއީ އޮންލައިންކޮށް 26011، ފޯމުން 24036އެވެ.

300 × 250

ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަވީ އޮންލައިންކޮށް ހުށަހެޅި 20902އާއި ފޯމުން ހުށަހެޅި 17861 ހުށަހެޅުމެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އެކޮމިޝަނުން ސައްހަކަމަށް ކަނޑައެޅީ، ޖުމްލަ 38763 ފޯމުކަމަށެވެ. ސައްހަކަން ކަށަވަރު ނުވީ، އޮންލައިންކޮށް ހުށައެޅި 5109 ހުށައެޅުމާއި، މެނުއަލް ފޯމުން ހުށައެޅި 6175 ފޯމު ހިމެނޭހެން ޖުމްލަ 11284 ފޯމުކަމަށެވެ.  އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުަށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުންކަމަށް ހަބީބު ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ލިސްޓު އާންމުކުރީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ 9 އިން ފެށިގެން މިރޭ 9 ޖެހުމާއި ހަމައަށް ޝަކުވާއަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިރޭ 9ގެ ފަހުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބަންދުވާނެއެވެ. އަދި އިތުރަށް ވަގުތު ނުދޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ. ޝަކުވާ އަށް ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވުމަށްފަހު ފައިނަލް ލިސްޓް ޢާންމުކޮށް ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާނެކަމަށް އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވިއެވެ.

ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން ކަަމަށްވެސް ހަބީބު ވިދާޅުވިއެވެ. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިން ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި