1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޑރ މުއިއްޒުގެ ދެކަނބަލުންނާއި ކެމްޕެއިން ޓީމު ދެކުނު 4 އަތޮޅަށް

sa
ޑރ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ....ފޮޓޯ:ޕީޕީއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
5,400ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެމޭޔަރ ޑރ މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެކުނު އަތޮޅުތަކަށް ކެމްޕެއިން ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ޑރ މުއިއްޒާއި އަނބިކަނބަލުން އަދި އެމަނިކުފާނުގެ ޓީމުން މިދަތުރު ފެށްޓެވީ ރޭގެ ވަގުތެއްގައެވެ. ދެކުނުގެ ކެމްޕެއިން ދަތުރުފުލު ފެއްޓެވީ ލާމު އަތޮޅުންނެވެ. އަދި ޑރ މުއިއްޒު ވަނީ ރޭގެ މިދަތުރުފުޅުގައި ލ. ގަމަށް ވަޑައިގެން އެރަށުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ޑރ މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕީއެންސީ/ ޕީޕީއެމް ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

300 × 250

ދެކުނުގެ އަތޮޅުތަކަށް ޑރ މުއިއްޒު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި ހުވަދު އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ.

މިހާއްސަ ދަތުރުގައި، މިއަދުގެ ވަގުތެއްގައި ތިނަދޫ ސިޓީއަށްވެސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހުވަދު އަތޮޅަށް ފަހު ބުދަ ދުވަހު ފުވައްމުލުލައް ސިޓީއަށް ވަޑައިގެންނެވުމަށްފަހު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ މިދަތުރު ނިންމާލާނީ ފަހުމަންޒިލްކަމަށް ހަމަޖައްސާފައިވާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށްފަހު އެސިޓީން މާލެ ވަޑައިގަތުމަށް ދަތުރު ފެށްޓެވުމާއެކުގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި