މިއަދު ގެ މެންދުރު ގެ ވަގުތެއްގައި ޕީޕީއެމް ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ކެމްޕެއިން ދަތުރުފުޅެއްގައި ތިނަދޫ ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅަށް ހުރަސް އެޅޭތީ ތިނަދޫ ސިޓީ ކައުންސިލުން ފާލަމުގެ ކަޅުދާ ނައްޓާލައިފި އެވެ.
މިގޮތަށް ސިޓީ ކައުންސިލުން ހެދީ ޕީޕީއެމް އިން އެ ކައުންސިލަށް, މިއަދުގެ ދަތުރާ ގުޅިގެން ފާލަމުގައި މަރާމާތަށްޓަކައި ކަޅު ދާ ދަމައި ބަންދު ކޮއްފައި ވާތީ އެކަން ވަގުތީ ގޮތުން ޙައްލު ކޮށްދިނުމަށް އެދި ސިޓީ އެއް ފޮނުވާފައި ވަނި ކޮށެވެ.
ތިނަދޫ ރައީސް ވިދާޅުވީ ފާލަން ވަގުތީގޮތުން މިއަދު ހުޅުވީ އެއްވެސް ބައެއްގެ ނުވަތަ މީހެއްގެ ޕްރެޝަރަކުން ނޫން ކަމަށާއި ޕީޕީއެމް ޕީއެންސީގެ ރަސްމީ ލިޔުމެއް ލިބުމުން ކަމަށާއި ޑރ މުއިއްޒު ގެ ދަތުރުފުޅު ނިމުމުން އަލުން ބަންދު ކުރެވޭނެ ކަމަށެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި ޑރ މުއިއްޒު ވަޑައިގަތުމަށް އޮތް އޮތުމާއި ދިމާވާހެން އިއްޔެ މަރާމާތު ކުރުމަށް ކަމަށް ބުނެ ތިނަދޫ ރަސްމީ ފާލަން ބަންދު ކުރުމުން ކައުނަސިލަށް ވަރަށް ގިނަ ފާޑު ކިޔުންތައް ކުރިމަތިވި އެވެ.







ޚިޔާލު (1)
ގަމާރުސިޓީއަކަށްވީމާ ވާނީވެސް އެހެން