ހަނގުރާމައިގެ މައިދާނަށް ވަދެފައި ނުކުމެގެން ދާނީ ސާބިތުކަމާއި ކެރުންތެރިކަން ނެތް މީހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރު ބާއްވަން ދެ ދުވަހަށް ވެފައި ވަނިކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރަމުން ގެންދިޔަ އެމްޑީއޭއިން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ހަނގުރާމައިގެ މައިދާނަށް ނިކުމެފައި މައިދާނާއި ހަނގުރާމަވެރި ފައުޖާއި ފައުޖްގެ ކޮމާންޑަރު ދޫކޮށް ދާ ހަނގުރާމަވެރިޔާގެ ސާބިތުކަމާއި ކެރުންތެރިކަމެއް ނުހުންނާނެކަމަށެވެ.
އަދި އެއީ އަމިއްލައަށް ބަލި ގަބޫލުކޮށް އެ ހަނގުރާމަވެރިޔާގެ އަމިއްލަ ނަފްސްގެ ބަލިވުމެއް ކަމުގައިވެސް ރާއީ ވިދާޅުވެފައި ވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.