ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހަމާކޮށް، ރަޝީދު ވަނީ މުއިއްޒު އައްޑޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ވަޑައިގަންނަވާފައެވެ.
އޭނާ އަކީ ދަ ޑޮމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރެއްވިިއިރު، ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ވަނީ ނިންމަވާފައެވެ.
މިއާއެކު ޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ. މިއަދު އައްޑޫގައި ޑރ. މުއިއްޒު ބޭއްވި ޖަލްސާގައި އަހްމަދު ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަހުމަދު ރަޝީދުގެ އިތުރުން ކުރީގެ މެމްބަރުކަން ކުރެއްވި ހިޔަލީ މުހައްމަދު ރަޝީދުގެ ތާއީދުވެސް ވަނީ މުއިއްޒަށް ދެއްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.