ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނަ އަންނަ ހޮނިހިރު ދުވަހު ވިއްސާރަ ވާނެ ކަމަށް ބެލެވޭ ކަމަށާއި ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިއްޔެ ބުނެފި އެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރަ ރާއްޖޭގެ ހުރިހާ ސަަރަހައްދަކަށް ވެސް ކުރާތާ މިހާރު ދެތިން ދުވަސްވެއްޖެ އެވެ.
ކުރިއަށް އޮތް ހަފުތާގެ ބަންދުގައި ރިޔާސީ އިންތިހާބުގެ ދެވަނަަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަސް ވަނީ ވިއްސާރަ ދުވަހަކަށް ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އެގޮތުން މެޓް އިން ލަފާކުރާ ގޮތުގައި އަންނަ ހަފުތާގެ ހޯމަ އާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށާއި ހޮނިހިރު ދުވަހު މެދު ރާއްޖެ އަދި އެންމެ އުތުރަށް ވިއްސާރަ ވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް ކެރީގެ އަސަރު ފޯރާނެކަމަށްވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.