1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެއްވެސް ކެންޑިޑޭޓަކަށް އެންޓިކެމްޕޭން ނުކުރުމަށް މީޑިޔާ ކައުންސިލުން އިލްތިމާސްކޮށްފި

mj
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބައްދަލުވުމެއް ---- ފޮޓޯ: އެމްއެމްސީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,109ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް އެންޓިކެމްޕެއިން ނުކުރުމަށާއ އަމިއްލަ ދިރިއުޅުމާއި ހަގީގަތް އޮޅޭ ގޮތަށް ހަބަރުތައް ނުގެނެސްދިނުމަށާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން މިއިލްތިމާސްކޮށްފައި ވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

ބައެއް މީޑިއާތަކުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކެއް ހިމެނޭ ވީޑިއޯ ރިޕޯޓެއް އާންމުކޮށްފައިވާ މިދަނޑިވަޅުގައި މިއަދު ނެރުނު މި ނޫސްބަޔާނުގައި ބުނީ ކެންޑިޓޭޓުންނާ ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ބައެއް ނޫސްތަކުން "ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއްނެތި އެކިއެކި ހަބަރުތައް ޝާއިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

300 × 250

ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ވަކި ސުލޫކީ މިންގަނޑަކަށް އަމަލުކުރުމަށް، "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ، "އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު"އިން ލާޒިމުކޮށްފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ. އެ ގާނޫނާއި ގަވާއިދަށް މީޑިއާތަކުން ވެސް އަމަލުކުރަންވާނެ ކަމަށާއި ނަމަވެސް އެއާ ހިލާފަށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެމްއެމްސީން ވަނީ ހާމަކޮށްފައެވެ.

"އެގޮތުން، ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ވާހަކަދެއްކުމާއި، މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލެވޭނެ ކަންކަމުގެ ތެރޭގައި އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިމަނާފައިވާ ބައެއް ކަންކަމެވެ. އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމަށް ނޫސްތަކާއި މީޑިއާތަކަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ..،" އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން އިތުރަށް ބުނީ ކެންޑިޑޭޓުންނަށް އެންޓި-ކެމްޕެއިން ނުކުރުމަށާއި، ކެމްޕެއިންކުރުން ގާނޫނުގައި މަނާކޮށްފައިވާ ވަގުތުތަކުގައި ކެމްޕެއިން ނުކުރުމަށް ނޫސްތަކުން ސަމާލުވާން ޖެހޭނެ ކަމަށެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ސުލްހަ

    ހުރިހާކަމެއް ކޮށް ނިމުނީމަ.... މީގެ ކުރިން ކައުންސިލް ނިދާފަ. އެންމެ ބޮޑަށް އެންޓި ކެމްޕޭން ކުރީ އެމްޑީޕީ. އަދިވެސް އެކުރަނީ...

ގުޅުންހުރި