ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ނިންމާލުމަށް ބާއްވާ "ދިވެހީންގެނިންމުން" ނަމުގައި މިއަދު ހަވީރު އޮންނާނެއެވެ.
މުޅި ރާއްޖޭގައިވެސް މިހިނގާލުން މިއަދު ހަވީރު ފަށާނީ 3:45 ގައި އޮންނާނެއެވެ.
މިހިނގާލުން ފަށާނީ އާރޓްފިޝަލް ބީޗް ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިއުމަށްފަހު ނިންމާލުމަށް ހަމަޖެހިފައިވަނީ އާރޓްފިޝަލް ބީޗުގައި މުއިއްޒުގެ ވާހަކަ ފުޅަކުންނެވެ.
ފުރަތަމަ ބުރުގައި މުއިއްޒުއަށް ތާއީދު ކުރާ ސަޕޯޓަރުން މާލޭގައި ބޭއްވި ހިނގާލުމުގައިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މާދަމާގެ ހިނގާލުމުގައިވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެކޯލިޝަނުން ބުނެއެވެ.
ފުރަތަމަބުރުގެ ކާމިޔާބީފާހަގަކުރުމަށް ޕީޕީއެމުން ބޭއްވި ރެލީ
މާދަމާގެ ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކޯލިޝަން ޕާޓްނަރުންވެސް ބައިވެރިވާނެއެވެ.
އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދެވޭނެ އެންމެ ފަހު ވަގުތަކީ މާދަމާ ހަވީރު 6 ޖެހުމާއި ހަމައަށެވެ. 6 ގެ ފަހުން ކެމްޕޭން އެއްވެސް ހަރަކާތެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.