މަހަށް ނިކުމެ އުޅުނު ފައިބަރު މަސްދޯންޏެއް 25 މީހުންނާއެކު ބިންދައިގެން ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "މޯހިރާ" ނަމަކަށް ކިޔާ ފައިބަރު ދޯނި މޫސުން ގޯސްވެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން ސިފައިންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ދޯނި ބިންދައިގެން ގޮސްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު މޫސުންގޯސްވެ އެރި ބޮޑު ރާޅަކާއެކުއެވެ.
ގިނަ އާންމު ދޯނި ފަހަރާއި ކޯސްޓް ގާޑް ޔުނިޓްގެ އޮފިސަރުން އެހީތެރިވުމަށް ޓަކައި އެސަރަހައްދުގައި ހަރަކާތްތެރިވަމުންއެބަދެއެވެ. އަދި މިހާދިސާއާއި ގުޅިގެން އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
މިހާރު މަސައްކަތް ކުރަމުން ދަނީ ގެމަނަފުއްޓަށް ދޯނި ކަފުޖަހައިގެން ގެންދިއުމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.