ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރަން ހަމަޖެހިއްޖެއެވެ. ނޫސްވެރިންގެ މި ބައްދަލުވުން އޮންނާނީ މިއަދު 11:00 ގައެވެ. މިއީ މި އަހަރުގެ ރިޔާސީ އިންިހާބަށް ފަހު ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓް ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާ ވާދަކޮށް ރައީސަށް ވަނީ ނާކާމިޔާބު ލިބިވަޑައިގެންފައެވެ. އިންތިހާބަށް ފަހު ރައީސް ސާލިހު ވަނީ އިއްޔެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ. އަދި އިއްޔެގެ ވަގުތެއްގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ ގެކޮޅަށްވެސް ބަދަލުކޮށްދެއްވާފައެވެ.