ޅ. ނައިފަރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ ތިން ދުވަސް ފަހުން މިއަދު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު / ސީނިޔާގެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާ އިން ރިޕޯޓުކޮށްފައި ވާއިރި، އެންމެ ފަހުން މައިސަރާ ފެނިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ނައިފަރުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ނައިފަރުންނެވެ. އެއިރު އެ ކުއްޖާ ލައިގެން ހުރީ، މުށިކުލައިގެ ޓޮޕަކާއި މަޑު ނޫކުލައިގެ ޖީންސެއް ކަމަށާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު އެ ކުއްޖާ ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
މިއަދު މައިސަރާ ފެނިފައިވާ އިރު، އޭނާ ގެއްލުނު ސަބަބު ފުލުހުން ވެސް އަދި އެ ރަށު ކައުންސިލުން ވެސް ހާމައެއް ނުކުރެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.