ސައިކަލެއްގެ ޗޭނަށް ހެދުން އޮޅިގެން ތިނަދޫ ސިޓީގައި ނުރައްކާތެރި ހާދިސާއެއް ގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ތިނަދޫ ސްކޫލް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެން މީހާގެ ހެދުމުގެ ފަސްބައި އެ ސައިކަލުގެ ޗޭނުގައި އޮޅިގެންނެވެ.
ޙާދިސާ ހިގި ތަނުގައި ހުރި މީހަކު ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ބުނީ މާ ބާރު ނޫން ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުގެ ޗޭނަށް އެ މީހާގެ ހެދުން އޮޅުނީ ސައިކަލުގައ ޗޭނު ފޮށްޓެއް ނެތުމުން ކަމަށެވެ. އަދި އެމީހާގެ ހެދުން ވަނީ ޗޭނު ވީލް ގައި ވަރަށް ބޮޑަށް އޮޅިފައި ކަމަށާއި ނެއްޓާލެވުނީ ހެދުން ކަފައިގެން ކަމަށް ވެސް އެމީހާ ކިޔައިދިނެވެ.

މި ޙާދިސާގައި އަނިޔާވި އަންހެން މީހާ އަށް ފަރުވާ ދިނުމަށް ވަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.