ޓްރީޓޮޕް ހޮސްޕިޓަލުން ބ. އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް އިއްޔެގައި ހުޅުވައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިތަން ހުޅުވުމުގެ މަގުސަދަކީ ހިދުމަތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އެޕޮއިންޓްމަންޓާއި ބުކިން ހެއްދުމަށް ފަސޭހަތަކެއް ފޯރުކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން އެތަނުން ބުނީ އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތައް ލިބި ގަންނަ މީހުންގެ އަދަދު އިތުރު ވެފައި ވާތީ، ހޮސްޕިޓަލަށް ގުޅުއްވައިގެން ފޯނުގައި މަޑުކުރައްވަންޖެހޭ ވަގުތު މަދުކުރުން ވެސް މަގުސަދުތަކުގެތެރޭގައި ހިމެނޭ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހި މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ވަޒީފާގެ ފަހި ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ ހޮސްޕިޓަލެކެވެ.