ކޮންމެ އީދެއްގައި މުޅި ރާއްޖޭގެ ކަންކޮޅުތަކުން ތަކުބީރުގެ އަޑު ގުގުމާލަން ބޭނުންވެލައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ އިންތިހާބީ ރައީސެއްގެ ގޮތުގައި އާންމުންނާއި ބައްދަލުކޮށް ޝުކުރު އަދާކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައެވެ.
ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އީދު ދުވަސްތަކުގައި ތަކުބީރުގެ އަޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރުވާނެ ކަމަަށެވެ.
މުއިއްޒު ވިދާޅުވި އެންމެ ފުރަތަމަ ބަލާނީ ސިޓީތަކާއި، އަތޮޅު ވެރިކަން ކުރާ ރަށްތަކަށް ކަމަށާއި ގައުމިއްޔަތައް ލޯބި ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް މި ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ފުރުސަތު ދިވެހިންނަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޕްރޮޖެކްޓުތައް ނުހުއްޓި ކުރިއަށްދާނެ ކަމަށާއި އާ ޕްރޮޖެކްޓްތައް ވެސް ފެށިގެން ކުރިއަށްދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.








ޚިޔާލު (2)
މިހާރުވެސް ގުގުމާ
މިހާރު ނުކުރާ ޢާވާހަކައެއް ނެތްތަ