ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން އަވަސްކޮށް، މާދަމާރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އެކްސް.ކޮމްގައި ކޮށްފައިވާ ޕޯސްޓެއްގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަމާރޭ 8:30 ގައި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ) ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އަދި ޖުމްލަ ނަތީޖާ އިލެކްޝަނުން ހާމަކޮށްފައިވާއިރު ދާއިމީ ނަތީޖާ އިއުލާންކުރަން ކުރިން އޮތީ އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.