އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 101,391 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %7.6 އެވެ. ނަމަވެސް، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ޒިޔާރަތްކުރި 125,500 ފަތުރުވެރިންނާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ ރަޝިއާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ތިން ޤައުމަކީ:







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.