1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޗައިނާ އެމްބެސެޑާރ އާއި އިންތިޙާބީ ރަޢީސް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފި

china
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ވޭންގް ލިޒިންއާ ބައްދަލުކުރެއްވުމުގެ ތެރެއިން --ފޮޓޯ: ޓީމް މުއިއްޒު
ހުވަދޫ ނިއުސް ޓީމް
797ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު ބައްދަލުކުރެއްވި ދެވަނަ ސަފީރެވެ. މުއިއްޒު މިއަދު ވަނީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރެން ރޮސްލާއާވެސް ބައްދަލުކުރައްވައިފައެވެ.

https://twitter.com/TeamMuizzu/status/1709510134731620526?s=20

300 × 250

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު އިންތިހާބު ވެވަޑައިގަތުމާ ގުޅިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އިއްޔެ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. ޝީ ޖިންޕިންގެ ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއަކީ ޒަމާނުއްސުރެ ގާތް ރަހުމަތްތެރި ދެ ގައުމު ކަމަށެވެ. އަދި އެ އެކުވެރިކަމުގެ ގުޅުން ބަދަހިވެގެން ވަނީ އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދޭ އިތުބާރުގެ މައްޗަށް ކަމަށެވެ. ރާއްޖެއާއި ޗައިނާއަކީ އުމްރާނީ ތަރައްގީގެ ގޮތުން ވެސް ގާތް ދެ ގައުމުކަން ޒީ ޖިންޕިން ފާހަގަކުރެއްވިއެވެ.

"ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް ދޭނަން. ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދަމަހައްޓައި އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާނަން. މި ހުރީ ރާއްޖެއާއެކު މަސައްކަތް ކުރަން ތައްޔާރަށް" ޝީ ޖިންޕިންގްއާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުއިއްޒަކީ ހައުސިން މިނިސްޓަރެވެ. ޔާމީންގެ ސަރުކާރުން ވަނީ ޗައިނާއިން ލޯނު ނަގައިގެން، ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ފަށައިފައެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި