1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފި

election
ހުވަދޫ ނިއުސް ޓީމް
1,049ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލަންކޮށްފައެވެ. އޭގެތެރޭގައި، އޮފިސަރުންގެ މަޤާމަށް 218 މުވައްޒަފުން، އެސިސްޓަންޓް އޮފިސަރުންގެ މަޤާމަށް 40 މުވައްޒަފުން، އަދި ސެކިއުރިޓީ އޮފިސަރަކަށްވުމަށް 6 މުވައްޒަފުން ހޮދުން ހިމެނެއެވެ. މީގެ އިތުރުންވެސް އެކި މަޤާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.

https://twitter.com/ElectionsMv/status/1709449399397679296?s=20

300 × 250

މަޤާމާއި ބެހޭ ތަފްސީލްތައް އިލެކްޝަނުންވަނީ ގެޒެޓުގައި ޝާޢިރުކޮށްފައެވެ. އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް އިޢުލާނެއް ނުކުރެއެވެ.

ދެން އޮންނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ.

އަންނަ މަޖިލީހުގެ ދައުރުގައި ބައެއް ދާއިރާތަކަށް ކިޔާ ނަންނަމަށާއި، ދާއިރާތަކަށްވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި