ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަނެފިއެވެ.
ހަނިމާދޫ ކައުންސިލުން "ހުވަދޫނޫހަށް" ބުނި ގޮތުގައި ރޭ 11:40 ހާއިރު އެ ރަށު/ އަސްރަފީގެ، 63 އަހަރުގެ އާދަމް ޔޫސުފްއަށް ވަނީ ހަމަލާދީ، ފައިސާތަކެއް ފޭރިގަނެފައެވެ.
އާދަމް ޔޫސުފަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި އެގޮތުން ބޮލަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ކައުންސިލް މެންބަރު، ހުވަދޫނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ނަމަވެސް އަނިޔާވި މީހާގެ ހާލަތާ ގުޅޭ ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އެ މައުލޫމާތު ހޯދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގުޅަން އުޅެ ކާމިޔާބު ވާގޮތް އަދި ވަނީ ނުވެފައެވެ.
ފުލުހުންގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށްވަދެ އެ ގޭގައި އުޅޭ ފިރިހެންމީހާއަށް އަނިޔާކޮށް، ފައިސާތަކެއް ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެއީ 63 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހާއަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނިގޮތުގައި މިހާރު، އެ މީހާއަށް ހަމަލާ ދިން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރު ކުރި 25 އަަހަރުގެ މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ، އަދި އޭނާގެ މައްޗަށް ޝަރީއަތް މިހާރުވެސް ކުރިއަށް ނުގޮސް ހަތަރު ވަރަކަށް އަހަރުވެފައި އޮތް ދެ މައްސަލައެއް އެބައޮތެވެ. މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ މަރަދޫގައި ވެސް 81 އަހަރުގެ މީހަކު ބަނދެ އަނިޔާކޮށް، ފަހު ފޭރުނު މައްސަލައެއް ފެންމަތިވިއެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ މީހެކެވެ.








ޚިޔާލު (1)
ކޯޓުތަކުންއެހާއަވަސްޕޮލިހައްވީމުސާރަލިބެނިކޮށް