1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް އިހުތިރާމު ކުރާނަން: އިންޑިއާ ސަފީރު

indi
އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިންޑިއާ ސަފީރު މުނު މަހާވަރް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން---- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,177ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ސިޔާދަތީ މިނިވަން ކަަމަށް އިންޑިއާއިން ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހާވަރް ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު، މުނު މަހާވަރް އެގޮތަށް ވިދާޅުވީ އިންތީހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ޑރ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހިންގާ އިންތިހާބީ ރައީސްގެ އޮފީހުގައެވެ.

300 × 250

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި އިންޑިއާއެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމުގެ އަސާސްތަކުގެ މައްޗަށް އިއާދަކޮށް، ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުން ހަރުދަނާކޮށް އިތުރު އާ ހަރުފަތަކަށް ގެންދިއުމަށް އުއްމީދުކުރައްވާ ކަމަށެވެ. ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވައި، އެ ކަންކަމަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ، ރާއްޖޭގެ ސިޔާދަތީ މުސަތަގިއްލުކަމަށް އެގައުމުން ފުރިހަމައަށް އިހުތިރާމުރާނެކަމުގެ ޔަގީންކަން ދެއްވަވައި، އެގައުމުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންވެސް އޭނާ ދެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި