ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު މިނިމުނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މަގާމުން ވަކިކޮށްފި އެވެ.
ހއ. ހޯރަފުއްޓަށް އުފަން އަބްދުﷲ ވަހީދަށް އެ ވަޒީފާ ދީފައި ވަނީ ސެޕްޓެމްބަރު 11، 2014 ގަ އެވެ. މިދިޔަ މަހުގެ 26ގައި ވަޒީފާއިން ވަކިކުރުމުގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 އިން ފެށިގެން ވަހީދުހުރީ މަގާމުތަކުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
ކަންތައް ވެ ނިމިގެން ދިޔަ ގޮތް "ހުވަދޫ ނޫހަށް" ހިއްސާކުރައްވަމުން ވަހީދު ވިދާޅުވީ އޭނާ މަގާމުގެ ޒިންމާތަކުން އެެކަހެރި ކުރި ސީދާ ސަބަބު މިހާތަނަށް އަންގާފައި ނުވިޔަސް ބޮޑަށް ލަފާ ކުރެއްވެނީ މައްސަލައަކީ ކުންފުނީގެ ދަރަންޏާ ބެހޭ ކަންބޮޑުވުންތައް ފާޅުކުރެއްވުން ކަމަށެވެ. އެ މައްސަލަތައް ފެނަކައިގެ ބޯޑަށް ގެންދިޔައީ އެއީ ކުރަން ޖެހޭ މަސައްކަތަކަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

ވަހީދު ވިދާޅުވީ ވަޒީފާ އިން ވަކިކުރުމާ ހަމައަށް، މަގާމުގެ މަސްއޫލިޔަތުތަކުން އެކަހެރި ކޮށްފައި ހުރި ސަބަބު ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ކުރިއެރުމެއް ލިބިވަޑައިނުގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި، ކޮމިޓީ އަށް ހާޒިރުކޮށް، ބޯޑުގެ ހިތްހަމަ ނުޖެހުންތަކެއް އޭނާއާ ދޭތެރޭގައި ހުރި ކަން ފާހަގަ ކުރެއްވުނު ކަމަށެވެ. އެހެންނަމަވެސް. އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ނޫޅޭ ކަމުގެ ޔަގީންކަން ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު ދެއްވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ކަންތައްތައް ވެގެންދިޔަ ގޮތުން، އޭނާ ގަބޫލު ކުރައްވަނީ ވަޒީފާ އިން ވަކިކުރީ ސަރުކާރާ ދެކޮޅަށް ބަސް ބުނުމުގެ ނަތީޖާއެއްގެ ގޮތުން ކަަމަށެވެ.
ފެނަކައިގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ފޮނުވި ލިޔުމުގައި ވަނީ، ވަހީދު މަގާމުން ވަކިކުރީ، އެ ކުންފުނީގެ ގަވާއިދުގެ 34.8 ވަނަ މާއްދާގެ (ހ) ގެ 1 ގައި ވާ ގޮތުގެ މަތިން، ވަޒީފާގައި އިތުރަށް ބަހައްޓައިފި ނަމަ އެ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ޚިޔާލު (1)
ނުބުނާނެ ދޯ އޭނަ ހޮންގާފަ ހުރި ޖަރީމާތަކުގެ ވާހަކައެއް ޗިޓަކު