ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލަދީ ފޭރުނު މީހާގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓަރު ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.
ހަނިމާދޫ/ އަސްރަފީގެ، 63 އަހަރުގެ އާދަމް ޔޫސުފް އަށް ހަމަލާދީ ފޭރުނު މައްސަލައިގައި ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
އަދި އޭނާއާ ގުޅޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށް ނުގޮސް ހަތަރު ވަރަކަށް އަހަރުވެފައިވާކަން އެނގިފައިވެއެވެ.
އަނިޔާ ލިބުނު އާދަމްގެ ބޮލަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް އިއްޔެ ހެނދުނު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާގެ ކަރުތެރެއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކެއުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.