ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން ހިލޭކުރި ދަތުރު ތަކަށްފަހު ދެކުނުގެ އަތޮޅުތަކުން އަންނަ ހަފުތާ އިން ފެށިގެން އަގު ނަގަން ފަށާނެއެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ އާއި ފުވައްމުލަކު ހިމެނޭ ޒޯން ހައެއް އަދި، ގއ. އަތޮޅާއި ގދ. އަތޮޅު ހިމެނޭ ޒޯން ފަހެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ. ނަމަވެސް، ފަށައިގެން ޚިދުމަތް ދެމުން ދަނީ ދަތުރުތަކަށް އަގެއް ނުނަގައެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިޢުލާން ގައިވާ ގޮތުން :
އައްޑު އަތޮޅުގެ އެތެރޭގެ އާރުޓީއެލް ފެރީ ދަތުރުތަކަށް
ޏ. ފުވައްމުލައް - ސ. ހުޅުމީދޫ: ކޮޅަކަށް 250 ރުފިޔާ، ދެކޮޅަށް 450 ރުފިޔާ.
ޏ. ފުވައްމުލައް - ސ. ފޭދޫ: ކޮޅަކަށް 250 ރުފިޔާ.، ދެކޮޅަށް 450 ރުފިޔާ.
ސ. ހުޅުމީދޫ - ސ. ފޭދޫ: ކޮޅަކަށް 55 ރުފިޔާ.، ދެކޮޅަށް 100 ރުފިޔާ.
ހައިވޭލިންކްގައި އާރުޓީއެލް ފެރީ ދަތުރުތަކުގެ އަގު
ގދ. ވާދޫ - ސ. ހުޅުމީދޫ: ކޮޅަކަށް 490 ރުފިޔާ. ދެކޮޅަށް 880 ރުފިޔާ.
ގދ. ވާދޫ - ޏ. ފުވައްމުލައް: ކޮޅަކަށް 250 ރުފިޔާ.، ދެކޮޅަށް 450 ރުފިޔާ އެވެ.
ދަތުރުފަތުރުގެ ގޮތުން ރާއްޖެ ގުޅިވާލަން ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ މަޝްރޫއުގެ ޚިދުމަތް މިހާރު ފަށާފައިވަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައެވެ. މިހާރު އަންނަނީ ނ. އަތޮޅުގައި އެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.