ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ނޫސްވެރިޔާ އަހުމަދު އަޒާން އަންނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަޒާން މިކަން ހާމަކުރީ މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އެވެ. އެގޮތުން އަޒާން ކުރި ޕޯސްޓުގައި ބުނެފައިވަނީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 2024 ވަނަ އަހަރު އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުންކަމަށް ޤަބޫލުކުރެވޭތީ، އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމުގައި އޭނާއަށް އެހީތެރިވާން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން އޭޭނާއަށް މެސެޖުކޮށްދިނުމަށް ވަނީ އަޒާންގެ ޕޯސްޓުގައި އެދިފައި އެވެ.
ނޫސްވެރިޔާ އަހުމަދު އަޒާން އަންނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަޒާން މިކަން ހާމަކުރީ މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އެވެ. އެގޮތުން އަޒާން ކުރި ޕޯސްޓުގައި ބުނެފައިވަނީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފެށި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު މަގަކީ 2024 ވަނަ އަހަރު އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުންކަމަށް ޤަބޫލުކުރެވޭތީ، އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމުގައި އޭނާއަށް އެހީތެރިވާން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން އޭޭނާއަށް މެސެޖުކޮށްދިނުމަށް ވަނީ އަޒާންގެ ޕޯސްޓުގައި އެދިފައި އެވެ.
އަޒާން ވެގެންގޮސްފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގައި އެންމެ ބޮޑަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރި އެއް ނޫސްވެރިޔާއަށެވެ.
އަޒާން ގެ އިތުރުން ދިޔަރެސް ނޫހުގެ އަންހެން ނޫސްވެރިޔަކުވެސް ވަނީ އަންނަ އަހަރުގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާނެކަން ހާމަކޮށްފައެވެ.
ކުރިން ޗެނަލް 13އިގައި މަސައްކަތް ކުރި މިހާރު ދިޔަރެސްގެ ނޫސްވެރިޔާ އައިދާ އަބްދުލްހަކީމް ވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ޚިޔާލު (1)
ދެން ޗީޑި. މި ދެން ކޮން ބައެއް