ޓްރީ ޓޮޕް ހޮސްޕިޓަލުން އަނެއްކާވެސް އުފާވެރި ކާމިޔާބީއެއް ހާސިލުކޮށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކުރުމުގެ ޕްރޮސީޖާ ކާމިޔާބު ކޮށްފި އެވެ. މިއީ ކޮންޑަކްޝަން ސިސްޓަމް ނުވަތަ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ޕޭސިން ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮސީޖާއެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. މި ޕްރޮސީޖާ ފުރިހަމަކުރީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓުން ކަމަށްވާ ޑރ. މިގުދާތު ޝަރީފާއި ޑރ. އަމިތު އަގަރްވާލް އެވެ. ޕޭސިން ޕްރޮސީޖާއަކީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމަށް ސީދާ ބާރު ފޯރުވައިގެން ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް އާޓިފިޝަލް އިލެކްޓްރިކަލް ސްޓިމިއުލޭޝަން ބޭނުންކުރުމެވެ. ކޮންޑަކްޝަން ސިސްޓަމް ޕޭސިންގް ޕްރޮސީޖަރ ގައި ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުތެރޭގައި ހާއްސަ ލީޑްތަކެއް ބަހައްޓާފައިވާ ކާޑިއަކް ޕޭސްމޭކަރ ތަކެއް ހިމެނެއެވެ. މި ޕޭސިން ޑިވައިސްތަކުން ހިތުގެ މަސްގަނޑު ސްޓިމިއުލޭޓް ކުރުމަށް އިލެކްޓްރިކަލް އިމްޕަލްސްތައް އުފައްދައި، އެކަށީގެންވާ ރޭޓެއްގައި އަދި ރަނގަޅު މިންގަންޑެއްގައި ހިތުގެ ވިންދު ބެލެހެއްޓޭކަން ކަށަވަރުކޮށްދެއެވެ. އެހެންކަމުން މި ޕްރޮސީޖަރ އަކީ އާދައިގެ ކާޑިއަކް ކޮންޑަކްޝަން އެކްޓިވޭޓްކޮށް، ކަނާތު އަދި ވާތު ވެންޓްރިކަލްސް ނުވަތަ ހިތުން ލޭ ޕަމްޕްކުރާ ޗެމްބަރުތަ ސިންކްރޮނައިޒްޑް ކޮންޓްރެކްޝަން ފޯރުކޮށްދޭ ފިޒިއޮލޮޖިކަލް ޕޭސިންގއެކެވެ. އޮޕަރޭޝަނަށް ވަކި ޕްރޮސީޖާއެއް ކަނޑައެޅުން ބިނާވަނީ އެ ބަލިމީހެއްގެ ހިތުގެ ހާލަތާއި ހިތުގެ ވިންދު ބަލަހައްޓަން އެންމެ އެކަށީގެންވާ ގޮތަށެވެ. މި ޕްރޮސީޖާތައް އާންމުކޮށް ކުރިއަށް ގެންދަނީ ހިތުގެ ވިންދު ޑިސްއޯޑާސް މެނޭޖްކުރުމުގެ ތަމްރީނު ލިބިފައިވާ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓުން ނުވަތަ ކާޑިއަކް އިލެކްޓްރޯ ފިޒިއޮލޮޖިސްޓުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޭސިން އޮޕަރޭޝަން ކުރާ ބަލިމީހުންނަށް އޮޕަރޭޝަން ކުރުމަށް ފަހު ދޭ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޑިވައިސް ބަލެހެއްޓުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެ އެވެ. ގަވާއިދުން ޑިވައިސް ބެލެހެއްޓުމަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެންނަން ބަލިމީހުންނަށް މަގުފަހި ކޮށްދޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ބަލިމީހުންގެ ބޭނުންތަކަށް ހާއްސަ ފަރުވާ ލިބޭނެއެވެ. އަދި ޑިވައިސް ހަރަކާތް ކުރަމުންދާ މިންވަރު ބަލަހައްޓަން ގަވާއިދުން ފޮލޯއަޕްތަކަށް ހާޒިރުވާން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޭސިން އޮޕަރޭޝަން ކުރާ މެހެމާނުންނަށް އަފްޓާކެއާ ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ދެވޭ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޑިވައިސް ބެލެހެއްޓުމަށްވެސް ވަނީ މަގުފަހިކޮށްދީފައެވެ. އެކި ބަލިމީހުންނަށް އޮޕަރޭޝަން ކުރުމަށް ފަހު ދޭ ފަރުވާ ބިނާވެފައި ވަނީ އިންޕްލާންޓް ކުރާ ޑިވައިސްގެ ބާވަތާއި އެ މީހެއްގެ ސިއްހަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ޑޮކްޓަރުން ދޭ އިރުޝާދުތަކަށް ސަމާލުކަންދީގެން އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުން ޕޭސިން ޑިވައިސް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން އަލަށް ތައާރަފްކުރި މި ހިދުމަތަކީ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ފުރަތަމަ ފަހަރަށް ކުރި އޮޕަރޭޝަން ކާމިޔާބުކަމާ އެކު ފުރިހަމަވުމަކީ ވެސް ލިބުނު ފާހަގަކުރެވޭ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ހޮސްޕިޓަލުން ދެކެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް: އަނެއްކާވެސް ފަހުރުވެރި ކުރިއެރުމެއް، ދާއިމީ ޕޭސްމޭކާ އިންޕްލާންޓް ކާމިޔާބުކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.