1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ނައިބުރައީސް އެހީތެރިވެވަޑައިގެންނެވުން، ރިވެތި މިސާލަށް ގިނަބައެއްގެ ތައުރީފު

f1
ހަވީރު ބުރިޖު ހައިވޭގައި ހިނގިއެކްސިޑެންޓުގައި އަނިޔާވި މީހާ ގެ ހާލު އޮޅުން ފިލުވައި އެހީތެރިވެވަޑައިގެންނެވުމުގައި ފައިސަލް ނަސީމު ،
ޝަފްޢަތު ، ހުވަދޫ މީޑީއާ
8,356ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ ބުރިޖު ހައިވޭގައި މިއަދު ހަވީރު ހަތަރުކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ރިވެތި މިސާލާއި ހިތްޕުޅުހެޔޮ އޯގާތެރިކަމަށް ގިނަ ބައެއްގެ ތައުރީފު އޮހެންފަށައިފިއެވެ.

ސޯޝަލްމީޑިޔާގައި ދައުރުވި މި ވީޑިޔޯގައި ފެންނަނީ ނައިބުރައީސް ފައިސަލް ނަސީމު އެކްސިޑެންޓް ވެފައިވާ މީހާ އޮތް ހިސާބަށް ވަޑައިގެން އެމީހާގެ ހާލު އޮޅުން ފިލުވުމަށް ސުވާލުކުރައްވާ މަންޒަރާއި އަދި އެމްބިއުލާންސް އަވަސްކުރުވުމަށް މަސައްކަތް ކުރައްވާ މަންޒަރެވެ.

ހަތަރު ކާރެއް ޖެހި މި އެކްސިޑެންޓު ހިނގި ވަގުތަކީ އިއްތިފާގުން ނައިބުރައީސް ވެސް ހައިވޭއިން ދަތުރުފުޅު ކުރި ވަގުތަކަށް ވުމުން އެމަނިކުފާނު ވަނީ ކާރުކޮޅު މަޑުކުރުވުމަށްފަހު އެކްސިޑެންޓުގައި އަނިޔާވިމީހާ އޮތް ހިސާބަށް ވަޑައިގެން އެވަގުތުގެ ހާލަތަށް އެހީތެރިވެވަޑައިގެންފައެވެ. އެމްބިއުލާންސް އެސަރަހައްދަށް އަންނަންދެން ނައިބު ރައީސް އެމީހާ ކައިރީގައި މަޑުކުރެއްވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު ވަނީ އެސަރަހައްދުގައި ހުރެ އަނިޔާވި މީހާގެ އާއިލާއަށް ގުޅުއްވާފައެވެ.

300 × 250

fa

ފައިސަލް ނަސީމަކީ އަބަދުވެސް މިފަދަ ކަންކަމުގައި އިންސާާނިއްޔަތު ކަމުގެ ހިތްތިރި މިސާލެއް ދައްކަވާ ނަމޫނާ ބޭފުޅެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިއަދު ހަވީރު ފަހެއް ޖަހާކަށްހާއިރު ހިނގި މި އެކްސިޑެންޓަކީ ހަތަރު ކާރެއް ޖެހިގެން ވީ އެކްސިޑެންޓެކެވެ، އަދި މަގުތައް އިރުތަކެއް ވަންދެން ބްލޮކުވެފައިވާކަމަށާއި ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށްވެއެވެ. އަދި ހާދިސާގައި އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ާއަރޫޟާ

    އަސްލުވެސް މިދައުރުގެ ނައިބް ރައީސް ފައިސަލް ނަސީމް އަކީ ވަރަށް ހެޔޮ އޯގާތެރި އިންސާނެއް،

ގުޅުންހުރި