1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި ދެވަނައަށް އެންމެ އިސްކަން ދެއްވަނީ އަންހެނުންނަށް

traa
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,865ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި ދެވަނައަށް އެންމެ އިސްކަން ދެއްވަނީ އަންހެނުންނަށް ކަމަށާއި ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ, ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަބްދުއްރަހީމް އައްޔަންކޮށް, ލިޔުން ހަވާލުކުރި ރަސްމިއްޔާތުގައި އަންހެންކަނބަލެއް ނުފެންނަ ކަމަށާއި, އެހެންކަމުން ޓްރާންސެޝަނަލް ކޮމިޓީގައި އަންހެނުންގެ ބައިވެރިވުން ނެތް ކަމަށް ބުނެ މީހަކުކޮށްފައިވާ އެކްސް.ކޮމްގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެކްސް.ކޮމްގައި ޕޯސްޓު ކުރެއްވި ފޮޓޯގައި ހިމެނީ ޑިރެކްޓަރ ޖެނެރަލް އެޕޮއިންޓް ކުރެއްވި ޖަލްސާ ކަމަށާއި, ފޮޓޯގައި ތިއްބެވީ ދެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ކަމަށް ވެސް އެ ފޮޓޯއަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވިއެވެ.

300 × 250

ޑރ މުއިއްޒުގެ ވެރިކަމުގައި އަންހެނުންނަށް ހާއްސަ އަހަމިއްޔަތުކަމެއްދެއްވާނެ ކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯގައި ދެވަނަ އަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް ކަމަށް ހީނާ ފާހަގަ ކުރެއްވިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި