މާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ، އައިޖީއެމްއެޗު އިމަރޖެންސީގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 7:44 އެހާކަން ހާއިރު އޮކްސިޖަން ރެސްޓޯރެންޓު ކައިރިން ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާގެ ނޭފަތަށާއި ބޮލަށް ވަނީ އަނިޔާވެފައެވެ. އަދި އެމީހާއަށް ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުންނެވެ.

މިއަދު ހަވީރުވެސް ވަނީ ބުރިޖު ހައިވޭ މަތީ އެކްސިޑެންޓެއް ހިނގައިފައެވެ. ވިއްސާރަ، ވާރޭ ވެހޭ ދުވަސްތަކުގައި އެކްސިޑެންޓް ގިނަކަން ފާހަގަކުރެވެއެވެ.