އައްޑޫ ސިޓީ، މަރަދޫ "ކޮންކޯޑް 2" ދޯނިން މިފްކޯއަށް މަސް ކިރުވައިގެން އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ހޯދައި ރެކޯޑެއް ގާއިމުކޮށްފިއެވެ.
އެ ދޯނިން މިފްކޯއަށް މަސް ކިރުވާފައިވަނީ އިއްޔެއެވެ. އެއީ 60 ޓަނުގެ މަސް، 1.5 މިލިއަން ރުފިޔާއެވެ.
މަސްވެރިން އޮންލައިން އިން އާންމުކޮށްފައިވާ ރަސީދުން ދައްކާގޮތުގައި ކޮންކޯޑް ދޯނިން ވަނީ އިއްޔެގެ ވަގުތެއްގައި 9،020 މަސް ބާނާފަ އެވެ. އެއީ 60،005 ކިލޯގެ މަހެވެ. ކޮންކޯޑް ދޯނިން 1.5 މިލިއަން ރުފިޔާ އެއް ދުވަސްތެރޭ ހޯދާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް ދުވަހުން އެހާ ބޮޑު އާންމުދަނީއެއް ރާއްޖޭގައި މަސްވެރިކަން ކުރާ ބަޔަކު ހޯދި ފުރަތަމަ ފަހަރެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.