އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ.ގުރައިދޫއަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރޭ ވަގުތު ޓީވީން ގެނެސްދިން ހާއްސަ އިންޓަރވިއުއެއްގައި އިންތިހާބީ ރައީސް ވިދާޅުވީ، އެމަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވީހާވެސް އަވަހަށް ވަޑައިގަތުމަށް އެދެމުން ދިޔަކަމަށެވެ. އެހެންކަމުން ޕާޓީގެ ލީޑާރޝިޕާއި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށަށް ވަޑައިަގަތުމަށްކަމަށާއި، އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތ.ގުރައިދޫއަށްކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 30ގައި ބޭއްވބި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތ. ގުރައިދޫގައި ބެހެއްޓި ދެ ވޯޓު ފޮށިންވެސް ވަނީ ވަރަށް މަތީ އިންސައްތައެއް ލިބިވަޑައިގެންފައެވެ. އެއްފޮށިން 75.6 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު ދެވަނަ ވޯޓު ފޮށިން 72.4 އިންސައްތަ ލިބިވަޑައިގެންނެވިއެވެ.
ގުރައިދޫއަކީ އަވބަދުވެސް ޕީޕީއެމަށް ވަރަށް ބޮޑު ތާޢީދެއް އޮންނަ ރަށެކެވެ.
"ގުރައީދޫ އަށް ކޮން އިރަކުންތޯ ދާނީ؟ ވީހާ ވެސް އަވަހަކަށް. އަޅުގަނޑުމެން މަސައްކަތް ފަށައިގަނެ ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ވެސް ހަމަޖައްސަން ހުންނާނެ. އެހެން ނަމަވެސް ވަރަށް އަވަހަށް، މާގިނަ ދުވަހެއް ނުވާނެ," ޑރ. މުއިއްޒު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.