ވިލިމާލެ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ،
މިހާދިސާގެ ހަބަރު ލިބުމާއެކުހެން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައެވެ.


ވިލިމާލެ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ،
މިހާދިސާގެ ހަބަރު ލިބުމާއެކުހެން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައެވެ.

އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި “ބަސްމަލާ” ނަމަކަށް ކިޔާ މި ގޭގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ފަތިހު 05:12 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވެ އަލިފާންގަނޑު ނިވާލާފައިވާކަމަށެވެ.
އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއް ގޮތަށް ހަދާފައިވާ މި ދެ ކޮޓަރީގައި ރޯވި އަލިފާން ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައި ވަނީ ފަތިހު 05:55 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.




ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.