މާލޭގައި ރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އުމުރުން 74 އަހަރުގެ އަހްމަދު މަނިކު އެކްސިޑެންޓުވީ އިޝާ ނަމާދަށް ފަހު ސައިކަލްގައި ދަނިކޮށް ކާރެއްގައި ޖެހިގެންނެވެ. އަހްމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕަ އެވެ.
ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި އަހްމަދު މަނިކުގެ ބޮލަށް އަނިޔާވެ، ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ފަރުވާ ދެނީ އައިސީޔޫގަ އެވެ.
މާލެ އާއި ސިނަމާލޭ ބްރިޖް ހައި ވޭގައި ވެސް އިއްޔެ ވަނީ އެކްސިޑެންޓުތަކެއް ހިނގާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.