އެމްޑީޕީއަށް މަޖިލީސް އިންތިހާބުގައި އެންމެ ގޮޑިއެއްވެސް ލިބިދާނެކަމާ މެދު ޝައްކުކަމަށް ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރަނިންމޭޓު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިމުވުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެ މަޖިލީހުގައި މަޝްވަރާކުރެއްވީ ވުޖޫދުގައިވެސް ނެތް "ނިޒާމީ ވޯޓެއް ނަގަން އަދި ނޫޅޭއިރު" ވާހަކަދައްކައި މަޝްވަރާ ކުރީ އެ މައްސަލައަކަށްކަމަށް އަމްރު ވަނީ ވިދާޅުވެފައެެވެ. އަމްރު ވިދާޅުވީ އެވާހަކަ ޑިމޮކްރެޓްސްއިން ކުޑަކޮށް ދެއްކުމުން އެކަމަށް އެމްޑީޕީގެ ލީޑާޝިޕުން ގައުމީ މަޖިލީހުގައި މަޝްވަރާކުރީކަމަށެވެ.
ޢަމްރު ވިދާޅުވީ އިންތިހާބަކުން ބަލިވުމުން އެއަށްވުރެ މާ މުހިންމު ކަންކަން ޕާޓީގެ ތެރޭގައި މަޝްވަރާކުރުމަށް ހުންނާނެކަމަށެވެ.
އަމްރު ވިދާޅުވީ، ފަސް އަހަރު ތެރޭ އެމްޑީޕީ ކުޑަވަމުން ކުޑަވަމުންގޮސް އަދި ބޮޑު ބާރާއެކު ހަވާލުކުރި ވެރިކަން ކުޑަވެގެން އައި ގޮތް އެޕާޓިން ބަލަން ޖެހޭކަމަށެވެ. ނަމަވެސް އެކަމަށް ލީޑާޝިޕުގެ ޝައުގުވެރިކަން ނެތްކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ސިޔާސީ ޕާޓިއަކަށްވުރެ ވަކި މީހަކު މުހިންމު ނުވާނެކަމަށާއި، އެހާ ބޮޑު ނާކާމިޔާބެއް ލިބުމުން ޕާޓީގެ ކުރިމަގަށް މަޝްވަރާ ކުރަންޖެހޭނެކަމަށެވެ. އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް ސިޔާސީ ހަމަޖެހުންގެނައުމާއި ޕާޓީގެ ކުރިމަގު އެކުލަވާލުންކަމަށްވެސް އަމްރު ވިދާޅުވިއެވެ.
"ހާއްސަކޮށް އެޕާޓީ މިހާރު އެއޮތް ދަރަޖައިން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގަ އެންމެ ގޮނޑިއެއް ނެގުމާ ދޭތެރޭވެސް ޝައްކު. އެހާލުގަ އޮތީ. އެހެންވީމަ ދައްކަން ޖެހެނީ އެ ވާހަކަ. ކިހިނެއްތޯ ދެން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގޮނޑިއެއް ލިބޭނީ. އެކަން ކުރުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމުކަމަކީ ދަ ޑިމޮކްރެޓްސްއިން ހުށައަޅާފައި އޮތް މަޖިލިސް ރިފޯމް ކިރުމުގެ ބިލަށް ވާހަކަ ދެއްކުން،" އަމްރު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.