އިންތިހާ ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ސައުދީ އަރަބިއާގެ ގުޅުން ހަރުދަނާވާނެކަން ފާހަގަކޮށް، އައު ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ. ޑރ މުޢިއްޒުގެ އަރިހަށް، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައވެ. އިންތިހާބީ ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފް، ސެމްބެ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ މުއިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ސައުދީ އަރަބިއާގެ ގުޅުން ހަރުދަނާވާނެކަން ފާހަގަކުރައްވައި އެކަމުގެ ޔަގީންކަން ސައުދީން ދެއްވީ ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް އަލްއަޖާލީން އަލްދައުސަރީއާ މުއިއްޒާ އެކީ ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ސައުދީއާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށްވާތީ، އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ. ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫއުތަކަށް މުއިއްޒު ޝުކުރުއަދާކުރެއްވިއެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ސައުދީއަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. ސައުދީއަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ސައުދީއަރަބިއްޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ގައުމުކަން ފާހަގަކުރެއްވި ކަމަށާއި މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމުގައި ވެސް އިންތިގާލީ އޮފީހުން ވަނީ މައުލޫމާތުދީފައެވެ..








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.